ޚަބަރު ސިޔާސީ

މިދިޔަ ފަސް އަހަރު ރާއްޖޭގެ ދެބައި ކުޅަ އެއްބައި މީހުން ވަނީ ނަފްސާނީ ގޮތުން ބަލިވެފައި: ސަލީމް

ޙައްވާ އިނާޝާ ، ދެން އޮންލައިން

މިދިޔަ ފަސް އަހަރު ދުވަހު ރާއްޖޭގެ ދެބައި ކުޅަ އެއްބައި މީހުން ވަނީ ނަފްސާނީ ގޮތުން ބަލިވެފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

Ads by STELCO

ސަލީމް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެންޕެއިނަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުޢިއްޒާއެކު ބ. ކަމަދޫއަށް ވަޑައިގެން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ސަލީމް ވަނީ މިދިޔަ ފަސް އަހަރު ދުވަހު ޤައުމު ހަލާކު ކޮށްލާފައިވާ ކަމަށާއި ސަރުކާރު މުވައްޒަފުންނަށް ބިރުދައްކާފައިވާ ކަމަށް ވިދާޅުވެފައެވެ.

އަދި ނަފްސާނީ ގޮތުން ބަލިނުވާ ރާއްޖޭގެ ދެބައި ކުޅަ އެއްބައި މީހުން ތިބީ ބަލިވެފައި ކަމަށް ސަލީމް ވަނީ ވިދާޅުވެފައެވެ.

މިގޮތުން ނަފްސާނީ ބަލިތަކަށް ފަރުވާކުރުމަށް ހޮސްޕިޓަލެއް އަޅުއްވައިދެއްވާނެ ކަމަށް މުޢިއްޒު ވިދާޅުވެފައި ވާތީ އެކަމަށް އަލި އަޅުއްވާލައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ވެރިކަން ނިމިގެން ދާއިރު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވުމަށްފަހު މި ޖެހުނީ ނަފްސާނީ ބަލިތަކަށް ފަރުވާދޭ ހޮސްޕިޓަލެއް އެޅުމަށްފަހު މި މީހުނަށް ފަރުވާ ކުރަން ކަމަށް ސަލީމް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މާލެއިން ނަފްސާނީ ބަލިތަކަށް ފަރުވާ ކުރުމަށް ޑޮކްޓަރަށް ދެއްކުމަށް އެ ޕޮއިންޓްމަންޓު ކުރިއަށް އޮތް އެއް އަހަރު ދުވަހުވެސް ނުލިބޭނެކަން ފާހަގަ ކުރައްވާ ރާއްޖޭގެ ހާލަތު އޮތްގޮތުން ނަފްސާނީ ބަލި ޤައުމުގައި ޖައްސާލާފައި އޮތް މިންވަރަކީ ކިޔުގައި ޖެހެން ޖެހިއްޖެނަމަ މާލޭގެ އެއްކޮޅުން އަނެއްކޮޅަށް ގޮސް އެހެން ރަށަކާއި ހަމައަށް ދާ ހިސާބުގައި ކަމަށް ސަލީމް ވަނީ ވިދާޅުވެފައެވެ.

ޤައުމުގައި މަސައްކަތެއް ކުރެވޭނީ މީހާ ސަލާމަތުން ހުރެގެން ކަމަށް ފާހަގަކުރައްވާ ސަލީމް ވިދާޅުވީ ރައީސް ޞާލިހްގެ ސަރުކާރުން ވަނީ ރައްޔިތުންނަށް ވަޒީފާގެ ބިރު ދައްކާ ނަފްސާނީ ގޮތުން މުޅި ޤައުމު ހަލާކުކޮށްފައި ކަމަށެވެ.

Ads by Allied Insurance
  1. ޖޭއެސްސީން ފަޑިޔާރުން ނަށް ބިރު ދައްކަމުން ޕުރެޝާ ކުރަމުން ދަނިކޮށް އިހައްދުވަހު ސިވިލް ކޯޓްގެ އިސްޤާޒީ ނިޔާވެއްޖެ. ﷲ އެމަރުހޫމަށް ރަހުމަތް ލައްވާށި !

  2. އިއްބެ

    ސަލީމުކޮއްމެކެމްޕޭނުކޮށްވާހަކަދައްކާއިރުގައިޢުމަރުގެފާނުމިސާލެއްގެގޮތުންނަގާއިރުކެމޕޭނެއްނިމޭއިރުސަލީމަށްކިތައްދޮގުހެދިފަފައިވޭތަ

  3. އިއްބެ

    ވާނީވެސްއެހެންމުސްކުޅިންބުނޭކައިގެންތިބޭމަސްދަހިވާނެއޭކުރިންކޭވަރަށްކާންނުލިބުނީމައިއެހެންވެދާނެ