އިންޑިއާ ސިފައިން އުތުރު ތިލަފަޅުގައި ތިބިކަމަށް ބުނެ އިދިކޮޅުން ހެދި ދޮގުތައް މިއަދު ހާމަވެއްޖެ: އިމްރާން
އިންޑިއާ ސިފައިން އުތުރު ތިލަފަޅުގަ ތިބިކަމަށް ބުނެ އިދިކޮޅުން ދައްކަމުން ގެންދާ ވާހަކަތަކުގެ ހަގީގަތް މިހާރު ރައްޔިތުންނަށަ ހާމަވެފައިވާކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިފަދައިން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ގެންގުޅުއްވާ ބޯހިޔާވަހި ކަމުގެ ސިޔާސަތުގެ ދަށުން އިއުލާން ކުރި، މާލޭގައި 20 އަހަރުވެފައިވާ މީހުންނަށް ގޯތި ދިނުމުގެ މަޝްރޫޢުގެ ދަށުން ބިން ދޫކުރާނީ ސިފައިންގެ ބަނދަރެއް ތަރައްޤީ ކުރަމުން އަންނަ އުތުރު ތިލަފަޅުން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވުމާއި ގުޅިގެންނެވެ.
އެމްޑީޕީން މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ގޯތި ދިނުމުގެ މަޝްރޫޢުގެ ދަށުން މާލެ އުތުރު ތިލަފަޅާ ހަމައަށް ގުޅުވާލާނެ ކަމަށާއި ގޯތިދިނުމަށް ނިންމާފައިވާ އެއް ފަޅަކީ އުތުރު ތިލަފަޅު ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން އިމްރާން ވިދާޅުވީ އިންޑިޔާ ސިފައިންނޭ ކިޔައިގެން އިދިކޮޅުން ހެދިހާ ދޮގުތައް މިއަދު ގިނަ ދިވެހިންނަށް ސާފުވެއްޖެ ކަމަށާއި އުތުރު ތިލަފަޅުން މާލޭ ރައްޔިތުންނާއި މާލޭގައި ދިރިއުޅުއްވާ އަތޮޅުތެރޭގެ ރައްޔިތުންނަށް ގޯތި ދިނުމުން ރައްޔިތުންގެ ބޯހިޔާވަހިކަމަށް ބޮޑު ހައްލެއް ލިބި އާއިލާތަކަށް އުފާވެރިކަން ލިބޭނެ ކަމަށެވެ.
އިމްރާނޫ ކަލެއަށް އުތުރުތިލަފަޅު ނޭނގުނީތީ ހިތާމަކުރަން. އެއީ ވަރަށް ދިގު، ބޮޑުފަޅެއް.
ހާމަ ވީ އިންޑިއާ ސިފައިން ތިބިކަން. ދިވެހި ސިފައިނެގެ މީހާ ގޮވަން ޖެހުނެެ އިންޑިއާ ބާރު ގަދަ މީހަކަށް ކަން.
ޝޭހު ޢިމުރާން ނިކަން ބުނެ ދީބަލަ ޑރ މުއީޒާއި ރައީސު ސޯލިހު އާއި ދެމީހުން ކުރެން ރަގަޅު މީހަކު ޢިލްމީ ޤާބިލް ކަމުގެ ގޮތުން އަހުލާޤީ ގޮތުން ވިޔަސް އާއިލީ ކަންކަން ހުރިގޮތުން ވެސް ؟