ޚަބަރު ސަރުކާރު

ނިޒާމީ މައްސަލަތައް ހައްލު ކުރުމަށް ދައުލަތުން އަބަދު ވެސް ޚަރަދު ކުރަން ޖެހޭ: ރައީސް ނަޝީދު

ޙައްވާ އިނާޝާ ، ދެން އޮންލައިން
ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ނިޒާމީ މައްސަލަތައް ހައްލު ކުރުމަށް ދައުލަތުން އަބަދު ވެސް ޚަރަދު ކުރަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައީސް ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން ރައީސް ނަޝީދު ވިދާޅުވީ ނިޒާމީ ވޯޓެއް ނަގަން ޚަރަދުވާ 40 މިލިއަނެއްހާ ރުފިޔާއަކީ މާލީ ބުރައެއް ނޫން ކަމަށާއި އެއީ ކޮންމެހެން ވެސް ދައުލަތުން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

ހަމަ އެހެންމެ ހަގީގީ ތަރައްޤީ އާއި ހަގީގީ ކުރިއެރުން އަބަދު ވެސް ގުޅިފައި އޮންނަނީ ނިޒާމީ ފުރިހަމަ ކަމާ ކަމަށާއި އެހެންވީމާ އެ ކަންކަން ދެނެގަތުމަށް ދައުލަތަކުން ޚަރަދުކުރުމަކީ ކޮންމެހެންވެސް ބޭނުންތެރި ކަމެއް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މިއީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ވޯޓެއް ނަގަން އެންމެ ރަނގަޅު ވަގުތު ކަމަށާއި ވޯޓު ލަސްކޮށްފިނަމަ ދެން އުފުލަން ޖެހޭ މާލީ ބުރަ މާ ބޮޑު ވާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

  1. ރަޖޭގަ ކަންތައްތައް ކުރަންޖެހެމީ މީނަބުނާގޮތައް އިގެރޭސިވިލާތައްދިޔާމަވިނު. ނިޒާމީނަގަން ބޮޑުކަމެއް.މިވެރިންރާޖެއަށް.އަތްގަދަކޮންގެންއުޅޭތި އަދި މިމީހުނަޒް އިދިކޮޅު ކޮމެއްޓެން ލާފިއްޔާ ލައެއްނުދޭނެ

  2. އައްމަޑޭ

    ދިވެއްސެއްގެ ހައިސިއްޔަތުން އަހުރެންގެ އަތުގައި އޮތް ގައުމުގެ އެންމެ މަތީ ވެރިޔާ ހޮވުމަށް ވޯޓު ލުމުގެ ހައްގު ނިގުޅައިގަންނަނީތަ؟ އަހުރެންގެ ހައްގަކީ ހަމައެކަނި ރަމްޒީ މީހަކަށް ވޯޓު ލުމެއް ނޫން! ރައްޔިތުން ހޭއަރާ! ނަޝީދަށް ރައްޔިތުންގެ ތާއީދު ނުލިބުނީމާ މަޖިލިސް ގަނެގެން ވެރިކަމަށް އަންނަން އެއުޅެނީ! ރައްޔިތުން ނުކުމެ މިކަން ހުއްޓުވާ! ވޯޓަކުންވިޔަސް ހުއްޓުވަންޖެހޭ!

  3. ރާއްޖޭގައި މައްސަލަ ޖެހިގެން ހައްލު ނުވެގެން އުޅޭ ނިޒާމީ މައްސަލަޔަކީ ކޮބައިތޯ ދައުލަތުން ބޮޑު ހަރަދެއް ކުރަން ؟ ވަކި މީހަކަށް ބޮޑު ވަޒީރުކަން ނުލިބިގެން އުޅުމަކީ ނިޒާމީ މައްސަލައެއްތޯ ؟