ޚަބަރު ސިޔާސީ

!ވޯޓު ދިނުމަށް ހުރަސް އަޅާނަމަ 4 މަހާއި 1 އަހަރަށް ޖަލަށް

ޙައްވާ އިނާޝާ ، ދެން އޮންލައިން

ވޯޓު ދިނުމަށް ހުރަސް އަޅާނަމަ 4 މަހާއި 1 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭ ވަރުގެ ހުކުމެއް އަންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ) ގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވެއްޖެއެވެ.

Ads by STELCO

ހަބީބް މިހެން ވިދާޅުވީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ހަބީބް ވިދާޅުވީ އެއްވެސް މީހަކު ވޯޓު ދިނުމަށް ދަތިކުރުން، ނުވަތަ ވޯޓު ދިނުމަށް އެއްވެސް މީހަކަށް ހުރަސް އެޅުމަކީ މަނާކަމެއް ކަމަށެވެ.

ހަމަ އެހެންމެ އެކަމުގެ އަދަބެއްގެ ގޮތުގައި 4 މަހާއި، 1 އަރާއި ދެމެދު ޖަލަށްލެވެއެވެ. އަދި 4 ހާސް ރުފިޔާއާއި 12 ހާސް ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ހަބީބް ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ހަބީބް ވިދާޅުވީ ވޯޓުކަރުދާސް ނޫން އެހެން އެއްވެސް އެއްޗެއް ވޯޓު ފޮށްޓަށްލުމަކީ މަނާ ކަމެއް ކަމަށް ވާއިރު، އެކަމުގެ އަދަބެއްގެ ގޮތުގައި 2 މަހާއި، 6 މަސް ދުވަހާއި ދެމެދު ޖަލަށްލުން ނުވަތަ، 2 ހާސް ރުފިޔާއާއި 6 ހާސް ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!