ތަނބެއް ނުފެނިގެން ހަޖޫޖެހިޔަސް، ހުޅުލެ ބްރިޖަށްވުރެ އަވަހަށް ތިލަމާލެ ބްރިޖު ނިމޭނެ: މަހްލޫފް

ތިލަމާލެ ބްރިޖުގެ ތަނބެއް ނުފިގެން އިދިކޮޅުން "ހަޖޫޖެހިޔަސް" އެ ބުރިޖުގެ މަސައްކަތްތައް ދަނީ ބާރަށް ކުރިއަށް ކަމަށާއި ހުޅުލެ ބުރިޖަށްވުރެ އަވަހަށް ތިލަމާލެ ބްރިޖް ނިމޭނެކަމަށް ބެލެވޭކަމަށް ކަމަށް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓްގެ މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
މަހްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަސްލު ހަޤީޤަތުގައި ތިލަމާލޭގެ ބުރިޖުގެ ބައިވަރު މަސައްކަތް މިއަދުވެސް ކުރިއަށް ދާ ކަމަށާއި ތަނބުތަކުގެ މަސައްކަތްތައް ނިމޭއިރު ހުންނާނީ ބުރިޖު ރާވާލެވޭ ވަރަށް ތައްޔާރަށް ކަމަށެވެ.
https://twitter.com/AhmedMahloof/status/1706563229714149422
ތިލަމާލެ ބްރިޖުގެ މަޝްރޫޢުއަކީ އިންޑިއާގެ އެފްކޮންސް އިންފްރާންސްޓްރަކްޗާއާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއަކަށްވާއިރު، މިއީ މި ސަރުކާރުން ރާއްޖޭގައި ކުރިއަށް ގެންދާ އެންމެ ބޮޑު އުމްރާނީ މަޝްރޫޢުއެވެ. މި މަޝްރޫޢު ކުރިއަށް ގެންދިޔުމަށްޓަކައި އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއްވެސް ސަރުކާރުންވަނީ ނަގައިފައެވެ.
ރައީސް ޞާލިޙް ވިދާޅުވި ގޮތުގައި އެ ބްރިޖުގެ މަސައްކަތް އަންނަ އަހަރު އެއްކޮށް ނިންމާލެވޭނެއެވެ.







ކޮމެންޓް