ރިޔާސީ އިންތިޚާބުގައި މިއަދު ހަތަރެއް ޖެހުމާއި ހަމައަށް 221،000 އަށްވުރެ ގިނަ މީހުން ވޯޓުލައިފިއެވެ.
އިލެކްޝަންސް ކޮމިޝަން(އީީސީ) އިން ބުނީ، މިއަދު ހަތަރެއް ޖެހުމާއި ހަމައަށް 78.32 އިންސައްތަ މީހުން ވޯޓުލާފައިވާ ކަމަށެވެ.
އެއީ 221،496 މީހުންނެވެ. އޭގެތެރޭގައި ހިމެނެނީ 111،273 އަންހެނުންނާއި، 110،223 ފިރިހެނުންނެވެ. އަދި 61،308 މީހުން ވޯޓުލައިފައެއް ނުވެއެވެ.
މި ފަހަރުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 282،804 މީހުން އެބަތިއްބެވެ.
Ads by Allied Insurance