ޚަބަރު ސިޔާސީ

މިއީ ދިވެހިންގެ މިނިވަންކަމަށް ރައީސް ޔާމީން ފެއްޓެވި ބުރަ މަސައްކަތަށް ލިބުނު ނަޞްރެއް: ޖަމީލް

ރައުފާ ރަޝީދު ، ދެން އޮންލައިން

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް, ޑރ. މުޙައްމަދު މުޢިއްޒަށް ލިބުނު ކާމިޔާބީއަކީ ދިވެހިންގެ މިނިވަންކަމަށް ރައީސް ޔާމީން ފެއްޓެވި ބުރަ މަސައްކަތަށް ލިބުނު ނަޞްރެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޑރ. މުޢިއްޒަށް ލިބުނު ކާމިޔާބީއަށް މަރުހަބާ ވިދާޅުވަމުން ޖަމިލާ ވިދާޅުވީ ދިވެހި ރައްޔިތުން ދެއްވި  އިތުބާރާއި ޕާޓީ މެމްބަރުން ކުރެއްވި ބުރަ މަސައްކަތަށް އިޚްލާޞްތެރި ޝުކުރެއް އަދާ ކުރާ ކަމަށެވެ.

"މަރްޙަބާ އިންތިޚާބީ ރައީސް ޑރ. މުއިއްޒު. މިއީ ދިވެހިންގެ މިނިވަންކަމަށް ރައީސް ޔާމީން ފެއްޓެވި ބުރަ  މަސައްކަތަށްވެސް ލިބުނު ނަޞްރެއް" ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ މިހާރު ގޮވާލަނީ އިތުރު އެއްވެސް ޝަރުތެއްނެތި ރައީސް ޔާމީން މިހާރުން މިޙާރަށް ދޫކޮށް ހުރިހާ ސިޔާސީ ދައުވާތައް އަނބުރާ ގެންދަން ކަމަށެެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ޑރ. މުޙައްމަދު މުޢިއްޒަށް ލިބިފައިވަނީ 126,265 ވޯޓެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓް, ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިފައިވަނީ 105,158 ވޯޓެވެ.

މި މަހު ނުވައެއްގައި ބޭއްވި އިންތިޚާބުގެ ފުރަތަމަ ބުރުގައި ވެސް އެންމެ ގިނަ ވޯޓު ހޯއްދެވީ މުއިއްޒެވެ. އެމަނިކުފާނަށް ފުރަތަމަ ބުރުގައި 110،000 އަށްވުރެ ގިނަ ވޯޓު ލިބިވަޑައިގަތެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!