Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ބާޠިލް ވޯޓު ގިނަ މައްސަލައަށް ހައްލެއް ހޯދާނަން: އީސީ

ބާޠިލް ވޯޓު ގިނަ މައްސަލައަށް ހައްލެއް ހޯދާނަން: އީސީ

ސެޕްޓެމްބަރު 30 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގައި ފުރަތަމަ ބުރަށްވުރެ ބާޠިލް ވޯޓު ގިނަ ވުމަކީ ކަންބޮޑުވާކަމެއްކަމަށާއި މަޖިލިސް އިންތިޚާބުގައި މި މައްސަލައަށް ޙައްލެއް ހޯއްދަވާނެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.

އިންތިޚާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާ މިއަދު އިޢުލާނުކޮށް ނިމި، ވަގުތީ ނަތީޖާގެ ޖުމްލަ ނަތީޖާ މިއަދު އިޢުލާނުކޮށް ނިމޭނެކަމަށް އީސީގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވިއެވެ. އަދި އިންތިޚާބުގެ ފުރަތަމަ ބުރަށްވުރެ ދެވަނަބުރުގައި އެކާވީސް ހާހަށްވުރެ ގިނަ މީހުން ވޯޓުލާފައިވާއިރު، ވޯޓުލީ މީހުންގެ އިންސައްތަވެސް %87 އަށްވުރެ މަތިކަމަށްވެސް ޙަބީބު ވިދާޅުވިއެވެ.

އެހެންނަމަވެސް، ފުރަތަމަ ބުރަށްވުރެ ދެވަނަބުރުގައި ބާތިލް ވޯޓު ގިނަވުމަކީ، ކޮމިޝަނުގެ ވަރަށްބޮޑަށް  ކަންބޮޑުވާކަމެއްކަން ފާހަގަކުރައްވަމުން ޙަބީބު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް، ކޮމިޝަނުން އެކަމުގެ ޙައްލު ހޯދާނެކަމަށާއި އެއް އިންތިޚާބެއްގެ ތަޖްރިބާގެ އަލީގައި، އަނެއް އިންތިޚާބެއްގައި، ވޯޓުލާ މީހުންނަށް ވީހާވެސް ފަސޭހަވާނޭހެން، ކަންތައްތައް ތަރުތީބުކޮށް އިސްލާޙް ކުރުމަށް، ކޮމިޝަނުގެ މުވައްޒަފުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށެވެ.

Advertisement
Allied — Dhen Online (box)

އެހެންނަމަވެސް، ބަޖެޓްގެ ތާށިކަމާހުރެ، އެންމެ ފުރިހަމައަށް، އެންމެ ބާރު ސްޕީޑްގައި ކަންތައްތައް ނުވާަމަށްވެސް ޙަބީބު ފާހަގަކުރެއްވިއެވެ. އަދި އެންމެ އެކަށީގެންވާ ގާބިލް އޮފިޝަލުން ނުލިބުމަކީ ވެސް މިފަދަ ގޮންޖެހުމެއްކަމަށާއި އީސީގެ ޓީމަކީ ގޮންތަކާއެކުވެސް، ނަޒާޙަތްތެރިކަން އިސްކޮށް، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ވާޖިބު އަދާކުރުމުގައި އެފަދަ ދެވަނައެއްނެތް ހުނަރުވެރި ގާބިލް ޓީމެއްކަމަށް ޙަބީބު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް