ޚަބަރު ސަރުކާރު

ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ ކަންކަން ކުރިއަށް ގެންދިޔުމަށް ރައީސް ޞާލިޙް ޚާއްޞަ ކޮމިޓީއެއް އުފައްދަވައިފި

އާއިޝަތު ޝައުނާ ، ދެން އޮންލައިން
ފޮޓޯ: ރައީސް އޮފީސް

ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ ކަންކަން ކުރިއަށް ގެންދިޔުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ޚާއްޞަ ކޮމިޓީއެއް މިއަދު އުފައްދަވައިފިއެވެ.

Ads by STELCO

ސެޕްޓެމްބަރު 30 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިންތިޚާބީ ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި ރައީސް ޞާލިޙް މިއަދު ބައްދަލުކުރައްވާފައިވާއިރު މިއަދުގެ ބައްދަލުވުމުގައި ރައީސް ޞާލިޙް ވަނީ މުޢިއްޒުއަށް ތަހުނިޔާ ވިދާޅުވެފައެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިންތިޚާބީ ރައީސް މުޢިއްޒުއާއި ބައްދަލުކުރައްވައި، ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވަނީ ރައްޔިތުންގެ މި ނިންމުން ގަބޫލުކުރައްވައި، ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި ޢަމަލުކުރަންޖެހޭ އުޞޫލުތައް ބަޔާންކުރާ ޤާނޫނު ކަމަށްވާ "ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ ޤާނޫނު" ގައިވާ ގޮތުގެ މަތިން ކުރައްވަންޖެހޭ އެންމެހައި ކަންކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

އަދި ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި ކުރައްވަންޖެހޭ ކަންކަން، ވީހާވެސް އޮމާންކަމާއެކު ގެންދެވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށާއި މިގޮތުން މިކަންކަން ކުރިއަށް ގެންދެވުމަށްޓަކައި ޚާއްޞަ ކޮމިޓީއެއް މިއަދު އުފައްދަވައިފި ކަމަށާއި، އެ ކޮމިޓީގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނަވާނީ، ރައީސް އޮފީހުގެ ސެކްރެޓެރީ، ކޯޕަރޭޓް ސަރވިސް ޙުސައިން ޢާމިރު ކަމުގައި ރައީސް ޞާލިޙް ވިދާޅުވިއެވެ.

ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ ހުރިހާ ކަމެއް ހިނގަމުންދާ ގޮތް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތުން ވިލަރެސް ކުރައްވާނީ، ޗީފް އޮފް ސްޓާފް އަލްއުސްތާޛު ޢަލީ ޒާހިރު ކަމަށާއި، އިންތިޚާބީ ރައީސްގެ އޮފީހަށް ބޭނުންވާ އެހީތެރިކަން ދެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކަމާބެހޭ ފަންނީ ބޭފުޅުން ހިމެނިވަޑައިގަންނަވާ ޓީމެއްގެ އެހީތެރިކަންވެސް ލިބިވަޑައިގަންނަވާނެ ކަމަށް ރައީސް ޞާލިޙުވަނީ ވިދާޅުވިއެވެ.

މުޢިއްޒުއާއި ރައީސް ޞާލިޙުގެ މި ބައްދަލުކުރެއްވުމުގައި، އިއްޔެ ބޭއްވުނު އިންތިޚާބުގެ ނަތީޖާ އިޢުލާނު ކުރުމާ އެކީގައި ނަތީޖާ ގަބޫލުކުރައްވައި، މުޢިއްޒުއަށް ރައީސް ޞާލިޙް ގުޅުއްވައިލެއްވި ކަމަށްޓަކައި އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ ރައީސް ޞާލިޙަށް ޝުކުރު އަދާކުރައްވާފައެވެ.

އަދި އިންތިޚާބުގެ ހުރިހާ ކަމެއްވެސް ހިނގައިދިޔައީ، ވަރަށް ރަނގަޅަށްކަން ފާހަގަކުރައްވަމުން މުޢިއްޒު ވިދާޅުވީ ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ ކަންކަންވެސް ވީހާ އޮމާންކަމާއެކީގައި ގެންދިޔުމަށް ބޭނުންފުޅުވާ އެއްބާރުލެއްވުން، އެ ބޭފުޅުންގެ ފަރާތްޕުޅުންވެސް ލިބިވަޑައިގަންނަވާނެ ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި، ޗީފް އޮފް ސްޓާފް އަލްއުސްތާޛު ޢަލީ ޒާހިރާއި، ސެކްރެޓެރީ، ކޯޕަރޭޓް ސަރވިސް ޙުސައިން ޢާމިރާއި، ޕީ.އެން.ސީ.ގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

  1. ދަންނާތި

    ވެރިކަން ބަދަލުވުމުގެ މަރުހަލާ ގައި ރައީސް މުއިއްޒު ހަދާން ކުރާތި ރައީސް އޮފީހާއި އަދި ހުރިހާ މިނިސްޓްރީ ތަކާއި މަމެން ޕިންކީން ހަވާލުވާން ޖެހޭނީ ދުނިޔޭގެ ފެންވަރުގައޭ އެގޮތުން ހުރިހާ މިނިސްޓްރީ ތަކުން ޖެހޭނީ ހޭންޑްއޯވަރ ސެރޓިފިކެޓް އެއް ތައްޔާރުކޮށް އެ ސެރޓިފިކެޓް ގައި ސޮއި ކޮށް ފިންގަރޕްރިންޓް ޖަހާ އަދި ހެކިން ވެސް ސޮއި ކުރަން ޖެހޭނެއޭ އޭގެ ފަހުގައި ޓޭކިންގް އޯވަރ ސެރޓިފިކެޓް މަމެން ޕިންކީންގެ ފަރާތުން ތައްޔާރުކޮށް ހަވާލުވާން ޖެހޭނީ ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި

  2. މޭކްއިޓްބެޓަރ

    ވޯޓްގެ ނަތީޖާ ގަބޫލުކޮށް ނުބައިި މިންވަރަށް އީމާން ވުން ރައީސް އިބޫގެ ކިބައިގައި ހުރި އިސްލާމީ ރިވެތި އުސޫލެއްކަމަށޭ މަމެން ދެކެނީ މަމެން އެދެމޭ ކުރިއަށް މިއޮތް ދުވަސް ތަކުގައި ރައްޔިތުންނަށް ސިއްރުކޮށްފަައިވާ ހުރިހާ ލިޔުން ތައް އެއްވެސް ޖެހިލުމެއް ނެތި އިބޫ ގެޒެޓް ގައި ޝާއިއުކޮށް އެމެސްއަޕް ކްލީން ކުރަން ވެރިކަން ނިމުމުގެ ކުރިން ވީ ކުޑް ސްޓޮޕް އެގްޒިސްޓިންގް އެން ސްޓާރޓް ލިވިންގް ހީލް އަވަރ ހާރޓްސް ކެއަރ އިނަފް ފޯރ ދަ ލިވިންގް މޭކް އަ ލިޓިލް ސްޕޭސް މޭކް އަ ބެޓަރ ޕްލޭސް ފޯރ ޔޫ އެން ފޯރ މީ އެން ދި އެންޓަޔަރ ނޭޝަން އޯއް އޯއް ފޯރ ޔޫ އެން ފޯރ މީ ފޯރ ޔޫ އެން ފޯރ މީ ފޯރ ޔޫ އެން ފޯރ މީ ފޯރ ޔޫ އެން ފޯރ މީ…

  3. ވިންޑްއޮފްޗޭންޖް

    ވެރިކަން ބަދަލުކުރާ މަރުހަލާގައި ހޭންޑްއޯވަރ ސެރޓިފިކެޓް އަދި ޓޭކިންގް އޯވަރ ސެރޓިފިކެޓް ހަދަން ޖެހޭނެއޭ މާލީ ވުޒާރާ އާއި ހަވާލުވާއިރު ލޯން ނެގި އަދަދާއި އަދި ބްރިޖް އަޅަން އިންޑިއާ ކުންފުންނަށް މިހާތަނަށް ލޯންގެ ބޭރުން ދައުލަތުގެ ބަޖެޓުން މަހަކު ދެމުން އަންނަ 500 މިލިއަން ރުފިޔާގެ ހިސާބު ކިތާބު ވެސް ހިމެނެން ޖެހޭނެއޭ ދުނިޔޭގެ ފެންވަރުގައޭ މިކަން ކުރަން ޖެހޭނީ ލިސްން ޓު ދަ ވިންޑް އޮފް ޗޭންޖް ޗޭންޖް މީ ޓު ދަ ލެޓިންގް އޮފް ދަ މޯމެންޓް އޮން އަގްލޯރީ ޓައިމް އިޓްސް ދަ ކަންޓްރީ ވެއަރ ދަ ޗިލްޑްރެން އޮފް ޓު މޯރޯ ޑްރީމް އަވޭ އިޓްސް ދަ ވިންޑް އޮފް ޗޭންޖް…

  4. ވިންޑްއޮފްޗޭންޖް

    މިފަހަރު ރިޔާސީ އިންތިޚާބުގައި އެއްވެސް ޝަކުވާ އެއް ނެތި ހެޔޮހިތުން މަމެން ޕިންކީންނާއި ބައިވެރިވިއޭ އެމްޑީއޭ އަދި އެމްއެންޕީ ވެސް އެމްޑީއޭ ލީޑަރު އޮނަރަބުލް ސަން ސިޔާމް ބާކީ ކޮށްފައި އަދި ވެސް ޕީޕީއެމް އިން ސަން ސިޔާމް އާއި ބައްދަލުކޮށް ޝުކުރު އަދާ ކޮށްފަައި ނުވުން އެއީ އެއްގޮތަކަށް ވެސް މަމެން ގަބޫލުކުރާ ކަމެއް ނޫނޭ ސަން ސިޔާމް އާއި ބައްދަލުކުރަން ޖެހޭނީ ޕީޕީއެމްއޭ އިސްވެ އޮވެ ސަންސިޔާމް ގޯއްޗަށް ގޮސްގެން ނަމަވެސް އެކަން ކުރަން ޖެހޭނެއޭ މިކަން ކުރަން ޖެހޭނެއޭ އަދުރޭ މިކަމުގައި އިސް ނަގަން ޖެހޭނެއޭ ސައީދު އަދި ޑރ. ޖަމީލު މިކަމުގައި އިސްނަގަން ޖެހޭނެއޭ މަމެން ޕިންކީންގެ ދެވަނަ ވެރިކަން ވާން ޖެހޭނީ ދުނިޔޭގެ ފެންވަރުގެ އޯގާތެރި ވެރިކަމަށޭ ދަ ވޯލްޑް އިޒް ކްލޯސިންގް އިން ޑިޑް ޔޫ އެވަރ ތިންކް ދެޓް ވީ ކުޑް ބީ ސޯ ކްލޯސް ލައިކް ބްރާދާރސް ދަ ފިއުޗަރ އިޒް އިން ދި އެއަރ ކޭން ފީލް އިޓް އިން އެވްރީވެއަރ އައި އޭމް ބްލޯވިންގް ވިދް ދަ ވިންޑް އޮފް ޗޭންޖް ޗޭންޖް މީ ޓު ދަ ލެޓިންގް އޮފް ދަ މޯމެންޓް އޮން އަ ގްލޯރީ ނައިޓް ވެއަރ ދަ ޗިލްޑްރެން އޮފް ޓުމޯރޯ ޑްރީމް އަވޭ އިޓްސް އަ ވިންޑް އޮފް ޗޭންޖް…