ޚަބަރު ސިޔާސީ

ރައްޔިތުންގެ ނިންމުން ބޮލާލައި ނުޖެހޭނެ، މުޢިއްޒުއަށް ފުރުޞަތު ދޭންވާނެ: ފައްޔާޒު

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ބަރުލަމާނީ ނިޒާމު ބޭނުންކޮށްގެން، ސެޕްޓެމްބަރު 30 ވަނަ ދުވަހު ރައްޔިތުން ނިކުމެ ނިންމި ނިންމުން ބޮލާލައި ނުޖެހޭނެކަމަށާއި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުޢިއްޒުއަށް ފުރުޞަތު ދޭންވާނެކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

Ads by STELCO

ފައްޔާޒު މިހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ ޤައުމީ ވަޓްސްއެޕް ގުރޫޕުގައި މިއަދު ލިއުއްވި މެސެޖެއްގައެވެ. އެ މެސެޖު ފައްޔާޒު ފޮނުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަލުން އެނބުރި އެމްޑީޕީއަށް ވަޑައިގަތުމަށް ހުށަހަޅުއްވާފައިވަނިކޮށެވެ.

ފައްޔާޒުގެ މެސެޖުގައި ވިދާޅުވެފައިވަނީ ރިޔާސީ ނިޒާމުގެ ތެރެއިން ކުރިއަށް އޮތް ފަސް އަހަރަށް ވެރިއަކު ހޮވާފައިވަނިކޮށް، ދިވެހިންގެ އެ ނިންމުން ބަރުލަމާނީ ނިޒާމުގެ ނަމުގައި ބޮލާލާ ޖަަހާ ބަޔަކަށް އެމްޑީޕީ ވެގެން ނުވާނެ ކަމަށެވެ.

އަދި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި، އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުޢިއްޒު އަށް ވެރިކަން ކުރެއްވުމުގެ ފުރުސަތު ދެއްވަން ޖެހޭނެ ކަމަށާއި ޑިމޮކްރަސީގެ ރިވެތި ހަމަތަކުގެ މަތިން ދިވެހިން ވަނީ އެމީހުންގެ ވެރިއެއް ކުރިއަށް އޮތް ފަސް އަހަރަށް އިންތިހާބު ކޮށްފައި ކަމަށެވެ.

"ބަރުލަމާނީ ނިޒާމޭ ކިޔައިގެން ރައްޔިތުންގެ ނިންމުން ބޮލާލާ ނުޖެހޭނެ. ޑރ. މުއިއްޒަށް ފުރުސަތު ލިބެންޖެހޭނެ. ބަރުލަމާނީ ނޯ،" ފައްޔާޒުގެ މެސެޖުގައި ވެއެވެ.

ބަރުލަމާނީ ނިޒާމާއި ގުޅޭގޮތުން އެތައް ބަޔަކު ބަހުސްކުރަމުންދާއިރު ސިޔާސީ ގިނަ ލީޑަރުން ދަނީ އެފަދަ ނިޒާމަކަށް ތާއީދުނުކުރައްވާނެކަމަށް ވިދާޅުވެ ވާހަކަދައްކަވަމުންނެވެ. ނަމަވެސް ރައީސް ނަޝީދު އަދި ދަ ޑިމޮކްރެޓްސް ޕާޓީގެ ބައެއް ބޭފުޅުން ވެރިކަމުގެ ނިޒާމު ބަދަލުކުރަން ރައްޔިތުންނަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގަރާރެއް ހުށަހަޅާފައިވާއިރު އެފަދަ ވޯޓެއް ނެގުމާމެދު މާބޮޑު މައްސަލައެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ ވިދާޅުވެފައެވެ.

Ads by HDC
  1. ވިންޑްއޮފްޗޭންޖް

    ވެރިކަން ބަދަލުކުރާ މަރުހަލާގައި ހޭންޑްއޯވަރ ސެރޓިފިކެޓް އަދި ޓޭކިންގް އޯވަރ ސެރޓިފިކެޓް ހަދަން ޖެހޭނެއޭ މާލީ ވުޒާރާ އާއި ހަވާލުވާއިރު ލޯން ނެގި އަދަދާއި އަދި ބްރިޖް އަޅަން އިންޑިއާ ކުންފުންނަށް މިހާތަނަށް ލޯންގެ ބޭރުން ދައުލަތުގެ ބަޖެޓުން މަހަކު ދެމުން އަންނަ 500 މިލިއަން ރުފިޔާގެ ހިސާބު ކިތާބު ވެސް ހިމެނެން ޖެހޭނެއޭ ދުނިޔޭގެ ފެންވަރުގައޭ މިކަން ކުރަން ޖެހޭނީ ލިސްން ޓު ދަ ވިންޑް އޮފް ޗޭންޖް ޗޭންޖް މީ ޓު ދަ ލެޓިންގް އޮފް ދަ މޯމެންޓް އޮން އަގްލޯރީ ޓައިމް އިޓްސް ދަ ކަންޓްރީ ވެއަރ ދަ ޗިލްޑްރެން އޮފް ޓު މޯރޯ ޑްރީމް އަވޭ އިޓްސް ދަ ވިންޑް އޮފް ޗޭންޖް…

  2. ނޮޓްއެލޯން

    ރައީސް އިބޫ ކުޑަވެސް ޝައްކެއްކުރާނޭ ކަމެއްނެތޭ މަމެން ޕިންކީންގެ ދެވަނަ ވެރިކަމުގައި މަމެން އަމިއްލަ އަށް ހަދައިގެން ދެން ރައީސް އިބޫ އަށް ކުރާނެ ދައުވާ އެއް ނޯންނާނެއޭ މަމެން ބަލާނީ ދައުލަތުގެ ދަރަނި ފިލުވަން މާލެ ސަރަހައްދުގައި ހުރި ފަޅުތައް ހިއްކާ ބިން ވިއްކޭތޯއޭ އެމްޑީޕީ އަކީ ދިވެހިރައްޔިތުން ތަމެންގެ ހައްގު ފުރިހަމައަށް އިއްޒަތުގައި ދޭނަމޭ ޔޫއާރ ނޮޓް އެލޯން ވީއާރ ހިއަރ ވިދް ޔޫ ދޯ ޔޫއާރ ފާރ އަޕާރޓް ޔޫ އާރ އޯލްވޭޒް އިން އަވަރ ހާރޓް ނޮޓް އެލޯން ނޮޓް އެލޯން ނޮޓް އެލޯން…

  3. ގިވްއިން

    މަމެން އެދެމޭ ރައީސް އިބޫ ހިމޭނުން ނުހުރުމަށް އަދި އެމްޑީޕީ އަށް ރައްޔިތުން ދީފައިވާ ބޮޑު އިތުބާރު ގެއްލުވާނުލުމަށް ފިސާރި ކެރިގެން އަވަހަށް ގިރާވަރު ފަޅާއި އުތުރު ތިލަފުށި ފަޅު ހިއްކާ ގޯތި ދޭށޭ މަމެން ޕިންކީންގެ ފުރިހަމަ އެއްބާރު ލުން ލިބޭނެއޭ މިކަމަށް އަދި އެމްޑީޕީ މެމްބަރުން މާޔޫސް ނުވާނެ އުސޫލުން އެމެންނާއި ބައްދަލު ކުރާށޭ ހިތްވަރު އެލުވާނުލާށޭ ދިސް އިޒް ދަ ފީލިންގް ކްއެންޗް އަވަރ ޑިޒާއަރ ގިވް އިޓް ވެން އައި ވޯންޓް އިޓް ގިވްއިން ޓު މީ ގިވް އިން ޓު މ،ީ ގިވް އިން ގިވް އިން ގިވް އިން އޯއް އޯއް އޯއް ސްޕިންްގް ސްޕިންގް ސްޕިންގް ސްޕިންގް ޑާންސް ޑާންސް ޑާންސް ޑާންސް…

  4. ކްލެވެލޭންޑް

    ހުރިހާ ސިޔާސީ ޕާރޓީ ތައް އެކުލެވޭ ސަރުކާރެއް ގާއިމްކުރާށޭ އޫއް އޫއް އޫއް ސިޔާސީ ޕާރޓީ ތަކުގައި ވެސް ތިބީ ދިވެހިރައްޔިތުންނޭ ވެރިކަމުގައި ވެސް ތިބީ ދިވެހިރައްޔިތުންނޭ އަޅާލާށޭ އެންމެނާއި އެއްވަރަށް ލޯބިވާށޭ ދިވެހި ރައްޔިތުންދެކެ އެމެން އެއީ އަމިއްލަ ދަރި ކަމަށް ދެކިގެން އޯލާ އޯލާ އޯލާ އޯއް އޯއް އެމެން ގެއްލުމުން އެމެން ހޯދާ އެމެންނަށް ރަނގަޅު ދުނިޔެއެެއް ހޯދާދޭ ބަޔަކަށްވާށޭ ޕިންކީންގެ ވެރިކަން އޯލާ އޯލާ ވިލް ޔޫ ބީ ދެއަރ ފޯރ މީ ހޯލްޑް މީ ހޯލްޑް މީ ޑާންސް ޑާންސް ޑާންސް ޑާންސް….

  5. އައިމިސްޔޫ

    އޯއް އޯއް އޯއް އޯއް މަމެންގެ ގަޓް ރައީސް ޔާންޓޭ މަމެން ޕިންކީންގެ ހިތް ތައް ކުދި ކުދި ވެއްޖެއޭ މަމެންނާއި ދުރުގައި 1050 ދުވަސް އެއީ މަމެންގެ ލޮލުން ކަރުނަ އައިސް އަބަދު މަމެން މޫނުމަތި ކަރުނައިން ފޯވެފައިވާ 1050 ދުވަހޭ އޯއް އޯއް އޯއް އައި މިސް ޔޫ މޯރ ދެން މައި ލައިފް އައި މިސް ޔޫ މޯރ ދެން ލައިފް ޔުއަރ މެމޮރީ އިޒް އެކްސްޓެސީ އައި މިސް ޔޫ މޯރ ދެން ލައިފް އައި މިސް ޔޫ މޯރ ދެން ލައިފް ޑާންސް ޑާންސް ޑާންސް ޑާންސް….