އިންތިޚާބަށްފަހު، މުޢިއްޒު އެންމެ ފުރަތަމަ ތ.ގުރައިދޫއަށް

ރިޔާސީ އިންތިޚާބުގެ ކާމިޔާބީއަށްފަހުގައި، އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު އެންމެ ފުރަތަމަ ވަޑައިގަންނަވާ ރަށަކަށް ތ.ގުރައިދޫ ހަމަޖެހިއްޖެއެވެ.
ވަގުތު ޓީވީއާއި ވާހަކަފުޅު ދައްކަވަމުން އިންތިޚާބީ ރައީސް ވިދާޅުވީ ހުރިހާ ރަށްރަށަށް އެއްފަހަރާ ދަތުރުކުރެއްވުމަކީ ކުރެއްވޭނެ ކަމެއް ނޫން ކަމަށާއި، އެންމެ އިންސާފުވެރި ގޮތަކީ އިންތިޚާބުގައި އެމަނިކުފާނަށް އެންމެ މަތީ އިންސައްތަ ވޯޓު ލިބިވަޑައިގެންނެވި ރަށަކަށް އެންމެ ފުރަަތަމަ ޒިޔާރަތްކުރެއްވުން ކަމަށެވެ.
އެ މަނިކުފާނު މިފަދައިން ނިންމެވީ ލީޑަރޝިޕާއި ކުރެވުނު މަޝްވަރާއަށްފަހުގައި ކަމަށް ވެސް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލީ މީހުންގެ އިންސައްތައަށް ބަލާއިރުގައި އެމަނިކުފާނަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ ތ. ގުރައިދޫއިންނެވެ.





ކޮމެންޓް