ޑރ. މުޢިއްޒުގެ ސަރުކާރު ހިންގުމުގެ އެކި އެކި މަޤާމުތަކުގައި ދަ ޑިމޮކްރެޓްސްގެ މެމްބަރުން ތިއްބަވާނެ: ހަސަން ލަތީފް
އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކަލަވާލައްވާ ސަރުކާރު ހިންގެވުމުގެ އެކި އެކި މަޤާމުތަކުގައި ދަ ޑިމޮކްރެޓްސް ޕާޓީއަށް ނިޞްބަތްވާ މެމްބަރުން ތިއްބަވާނެކަމަށް ޑިމޮކްރެޓްސްގެ އިންޓެރިމް ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފު ވިދާޅުވެއްޖެއެވެ.
އެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަސަން ލަތީފު މިހެން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ ހަމަ އެފަދައިން ވިދާޅުވެފައެވެ.
"އޭގެ މާނައަކީ ހަމައެކަނި ސަރުކާރު ހިންގުމުގައި މަޝްވަރާއާއި ލަފާ އެކަނި ދޭނެ ވާހަކައެއް ނޫން، އެ ސަރުކާރު ހިންގުމުގައި ވެސް ޑިމޮކްރެޓްސް ބައިވެރިވާނެ ކަން، އޭގެ މާނައަކީ، ސަރުކާރުގެ އެކި މަގާމުތަކުގައި ވެސް ޑިމޮކްރެޓްސްގެ މެންބަރުން ތިއްބަވާނެއޭ،" ހަސަން ލަތީފް ވިދާޅުވި އެވެ.
ހަސަން ލަތީފު މިހެން ވިދާޅުވެފައިވާއިރު، ވަކި ޕާޓީއަކަށް ވީތީ ޤާބިލު ފަރާތްތައް ދުރުކުރުމުގެ ވިސްނުން އިންތިހާބީ ރައީސް ޑރ. މުޢިއްޒު ނުގެންގުޅޭނެ ކަމަށް އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލްވެސް ވަނީ ވިދާޅުވެފައެވެ.
ފިރުޒުލް އެގޮތަށް ވިދާޅުވީ ޑިމޮކްރެޓްސްއާއެކު އެއްބަސްވުމެއް ނެތް ކަމަށާއި ނަމަވެސް ސަރުކާރުން ޖާގަ ލިބޭނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުޢިއްޒު ވިދާޅުވި ކަމަށް ނޫހެއްގައި ޖަހާފައިވާ ޚަބަރަކާ ގުޅިގެން އެކަން ދޮގުކުރައްވައި ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.
ގާބިލުކަމާއި ޖަވާބުދާރީވުމުގެ ޝަރުޠު ފުރިހަމަވާ ނަމަ، ކޮންމެ ޕާޓީއެއްގައި ހުންނެވި ނަމަވެސް، އެ ފަދަ ބޭފުޅުން ސަރުކާރުގައި ހިމެނިވަޑައިގަތުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެއީ ސިދާ ވަކި ސިޔާސީ ޕާޓީއެއް ސަރުކާރުގައި ހިމަނުއްވާނެކަމަށް ވިދާޅުވި ވިދާޅުވުމެއް ނޫން ކަމަށް ފިރުޒުލް ވިދާޅުވިއެެވެ.
ތި މީދާ ޕާޓީގެ އެކަކަށްވެސް މަގާމެއް ދީގެން ނުވާނެ.
ޑިމޮކްރެޓްސް އާއި ޕީޕީއެމް އަދި އެމްޑީއޭ އަދި އެމްއެންޕީ ގުޅިގެން އެބަޖެހޭ ތަންކޮޅެއް އާރުލާ މުޅި މާލެ ވެސް ބަލައިގަންނަ މީހަކު މާލޭގެ މޭޔަރު ކަމަށް ލާން މުއިއްޒު އަށް ވެސް މާލޭގެ މޭޔަރު ކަން ނުކުރެވުނޭ އެއީ އޭނާ ވެސް އަބަދު މޭޒު ދޮށުގައި އިންނާތީއޭ ބަދަލުގައި މުޅި މާލެ ރަނގަޅަށް ދަންނަ މީހަކު އަދި އެމީހަކީ އެއީ އާރކިޓެކްޓްރަލް އިންޖިނިއަރަކަށް ވާން ޖެހޭނެއޭ މާލޭ ބަލައިގަންނަ އެއިރަށް ރަނގަޅު ބަދަލެއް މާލެ އަށް ގެނެވޭނީ ކަދުރު ރުއް ރާއްޖެއާއި އޮތީ ކޮން ގުޅުމެއްތޭ…
ހަަަސަން ލަތީފް ކޮށްދިން ކަމެއްނުވޭ. ދަ ޑިމޮކްރެޓުސް އަށް ވަޒީފާތަށް ދޫކޮށްލަން ނުޖެހޭނެ. މުއިއްޒު ޕާޓީގެ އަގު ވައްޓާ ނުލާ! މާލަސްތަކެއް ނުވެ ހިތި ނަތީޖާ ފެންނާނެ!
ފަލަސްތީނު މިދަނީ މޮޅުވަމުންނޭ ކޮބާ މިގައުމުގައި އުޅޭ ބެބޫ ހެދިގެން އުޅޭ ފޮރިނޭ ޝާހިދު އޭނާ އޮތީ ނިދާފައޭ ކޮބާތޭ ރައީސް އިބޫ ރައީސް އިބޫ ހޭވެރިކަން ވެއްޖެތޭ މީހަކު ލިޔެފައި އެއްޗެއް ދެންތޭ ތިޔާ ހުންނަނީ ކޮބާތޭ އަންނި ކޮބާތޭ ތަމެން ފަލަސްތީނަށް މިއަދު މިލިބިގެންދާ ނަސްރަށް ތަމެން ދިން ހިތްވަރަކީ ކޮބައިތޭ ކޮބައިތޭ މަމެންގެ ގައުމުގެ ބޮޑު ސޭޓް ގާސިމް ގާސިމް ކޮބާތޭ ތަމެން ގެންގުޅޭ އެޑްވައިޒަރުން ފީނި ތައް ކޮބާތޭ ކޮބާތޭ ކޮބާތޭ ކޮބާތޭ ބަލަގަ ފަލަސްތީނު މޮޅުވަނީއޭ މޮޅުވަނީއޭ