ޚަބަރު ސިޔާސީ

ރައީސް ނަޝީދު މަޖިލީހުން ވަކިކުރަން އުޅެނީ އިންތިޚާބީ ރައީސްގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ހުރަސް އެޅުމަށް: އަލީ އާޒިމް

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަލުން މަޖިލީހަށް ހުށަހަޅަން އުޅުމުގެ ބޭނުމަކީ، އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ހުވާކުރެއްވުމުގެ ކަންކަމަށް ހުރަސް އެޅުމަށްކަަމަށް ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އާޒިމް މިހެން ވިދާޅުވެފައިވަނީ، ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަލުން ހުށަހެޅުމަށް އެމްޑީޕީން މަސައްކަތް ފެށުމާއި ގުޅިގެންނެވެ. މައުލޫމާތު ލިބޭ ގޮތުގައި ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަލުން ހުށަހެޅުމަށް އެމްޑީޕީން ނިންމާފައިމިވަނީ މަޖިލީހުގެ މެޖޯރިޓީ ޕާޓީއަކީ އެމްޑީޕީއަށް ވެފައި، ރިޔާސަތަކަށް އެ ޕާޓީގެ މެމްބަރަކު ހުންނެވުމުން މުހިންމުވުމުންނެވެ.

އެގޮތުން، އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރަކު އޮންލައިން ނޫހަކަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ރައީސް ނަޝީދު ރިޔާސަތުގައި އިންނަވައިގެން މި ވަގުތަށް މުހިންމު ނޫން އެތައް ކަމެއް ކުރައްވައި މަޖިލީހުގެ ވަގުތު ބޭކާރު ކުރައްވާކަމަށެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށްޓަކައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއް މިއަދު އޮންނާނެކަމަށް މަޢުލޫމާތު ލިބޭއިރު އެ މައްސަލަ ހުށަހެޅުމަށް ބޭނުންވާ މިންވަރަށް އެމްޑީޕީ މެމްބަރުންގެ ސޮއި ހަމަކޮށްފައިވާކަމަށްވެސް އެނގިފައިވެއެވެ. މަޖިލީހުގެ ރިޔާސަތު މަޤާމުން ދުރުކުރެވޭނީ އިތުބާރު ނެތްކަމަށް މަދުވެގެން 45 މެމްބަރުންގެ ވޯޓު ލިބިގެންނެވެ.

އެމްޑީޕީއަށް ނިސްބަތްވާ 55 މެމްބަރުން މަޖިލީހުގައި ތިބި އިރު، ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ކުރިން ވެސް މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. ނަމަވެސް އެ މައްސަލަ އެޖެންޑާ ނުކޮށް އޮއްވާ ފަހުން އެ މައްސަލަ އަނބުރާ ގެންދިޔައީއެވެ.

 

Beynumakee Inthihaabee Raees huvaakurumuge kankamah huras elhun.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!