ދުނިޔެ

ޔަހޫދީ އިސްރާއީލް ގުޑުވާލާ ހަމަ ބިމަށް ތިރިކޮށްލި އިސްލާމީ ވަރުގަދަ ލަޝްކަރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޔަހޫދީންގެ އަޅުވެތި ކަމަށް ނިމުމެއް ގެނައުމަށް ހަމާސްއިން 'އޮޕަރޭޝަން އަޤްޞާ ފްލަޑް'ގެ ނަމުގައި ފަށާފައިވާ ޚާއްޞަ އަސްކަރީ ކެމްޕޭން ދަށުން އިސްރާޢީލުގެ ދެކުނުގައިވާ ރަށްތަކަށް އަމާޒުކޮށް ގިނަ ޢަދަދެއްގެ ރޮކެޓް ހަމަލަތަކެއް ދީފިއެވެ. އަދި، ޣައްޒާ ވަށައިގެން ޖަހާފައިވާ ފެންސުތައް ހުރަސްކޮށް، އެ ޖަމާޢަތުގެ މުޖާހިދުން ވަނީ ޔަހޫދީ އިސްރާޢީލުގެ ރަށްތަކަށް އަރާފައެވެ.

Ads by Sosun Fihaara

ހަމާސްގެ 1,000 އަށްވުރެ ގިނަ މުޖާހިދުން އިސްރާޢީލުގެ ރަށްތަކަށް އަރައި ގިނަ ޢަދަދެއްގެ ޔަހޫދީން ހައްޔަރު ކޮށްފައިވާއިރު، އޭގެ ތެރޭގައި ޔަހޫދީ އަސްކަރިއްޔާގައި މަސައްކަތް ކުރާ ގިނަ ޢަދަދެއްގެ ޖައްބާރު ސިފައިން ވެސް ހިމެނެއެވެ. އެއީ، އެއްވެސް ޖެހިލުމަކާ ނުލައި، ފަލަސްޠީނުގެ ކުށެއް ނެތް ޢާންމު ރައްޔިތުންގެ ލޭއޮހޮރުވައިލަމުން ދިޔަ މީހުންނެވެ. ހަމާސްގެ މުޖާހިދުންގެ ހަމަލަތަކުގައި ޔަހޫދީންގެ 100 އަށްވުރެ ގިނަ މީހުން މަރައިލާފައިވާއިރު، 1،000 އަށްވުރެ ގިނަ ޢަދަދެއްގެ ޔަހޫދީން ޒަޚަމު ކޮށްލާފައިވާ ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ މުޖާހިދުންގެ ޖަމާޢަތްކަމަށްވާ ހަމާސްއިން ޔަހޫދީންގެ ދަޢުލަތް، އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް އަސްކަރީ ކެމްޕޭނެއް ފެށުމާ ގުޅިގެން ޔަހޫދީ އިސްރާޢީލުގެ އަސްކަރިއްޔާއިން ޣައްޒާއަށް ބޮން އަޅައި ފަލަސްޠީނުގެ 198 މީހުން ޝަހީދުކޮށްލައިފިއެވެ. ޔަހޫދީ އިސްރާޢީލުގެ ޖައްބާރު އަސްކަރިއްޔާއިން ދަނީ ޑްރޯނާއި އާޓިލަރީ ބަޑި ބޭނުން ކޮށްގެން މެދުކެނޑުމެއް ނެތި ޣައްޒާއަށް ބޮން އަޅަމުންނެވެ.

މި ހަމަލަތަކުގައި ފަލަސްޠީނުގެ 1,600 އަށްވުރެ ގިނަ މީހުން ޒަޚަމުވެފައިވާ ކަމުގައި ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިންނާއި ރެޑް ކްރެސެންޓުން ބުނެއެވެ. ޔަހޫދީ އަސްކަރިއްޔާގެ ޓެރެރިސްޓު ހަމަލަތަކުގައި ޒަޚަމުވެފައިވާ މީހުންގެ ޢަދަދު އުފުލި، ޣައްޒާގެ ހޮސްޕިޓަލްތައް މިހާރު ވަނީ ފުރިފައެވެ.

އެމްބިޔުލާންސްތަކަށް ވެސް ރައްކާތެރިކަމެއް ނެތް

ބަލި މީހުންނާއި ޒަޚަމު ކޮށްލާފައިވާ މީހުން ހޮސްޕިޓަލްތަކަށް ގެންދަން ބޭނުން ކުރާ އެމްބިޔުލާންސްތަކަށް ވެސް ޔަހޫދީ ޓެރެރިސްޓު އަސްކަރިއްޔާއިން ހަމަލަތައް އަމާޒު ކުރަމުންދާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ރެޑް ކްރެސެންޓުގައި މަސައްކަތް ކުރާ ގިނަ ޢަދަދެއްގެ ޞިއްޙީ ޚިދުމަތްތެރިން ވެސް، ޔަހޫދީންގެ ލާއިންސާނީ ޖަރީމާތަކުގައި ޒަޚަމުވެފައިވާ މީހުންގެ ތެރޭގައި ހިމެނެއެވެ.

ޣައްޒާއަކީ ފަލަސްޠީނުގެ 2.3 މިލިޔަނެއްހާ މުސްލިމުން ދިރިއުޅޭ ސަހަރެކެވެ. އެއީ ދުނިޔޭގައި އޮތް އެންމެ ބޮޑު ޖަލުގެ ގޮތުގައި ސިފަ ކުރެވޭ ތަނެކެވެ. އެ ތަން ވަށައިގެން ޔަހޫދީ ޓެރެރިސްޓުން ވަނީ ފެންސް ޖަހައި ބަންދުކޮށްފައެވެ. ޣައްޒާގެ ރައްޔިތުންނަށް އެ ރަށަށް ވަދެނިކުމެ ހެދެނީ ޔަހޫދީ ސިފައިންގެ ޗެކްޕޮއިންޓުތައް ހުރަސް ކޮށްފައެވެ. ޣައްޒާގައި ވެރިކަން ކުރަނީ ހަމާސް ޖަމާޢަތުންނެވެ.

ފަލަސްޠީނުގެ މިނިވަންކަމަށް ކުރާ ޖިހާދެއް

ހަމާސްއިން ބުނީ، ޔަހޫދީ އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނު ކުރަން މަޖުބޫރުވީ، ޔަހޫދީ ޖައްބާރު ސިފައިންގެ އަމަލުތަކަށް ކެތް ނުކުރެވިގެން ކަމުގައެވެ. މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަޞް މިސްކިތް ކަމުގައިވާ މަސްޖިދް އަލް-އަޤްޞާގެ ހުރުމަތް ކަނޑަމުންދާތީ ކަމުގައެވެ. ޔަހޫދީންގެ ޢާންމުންނާއި ޔަހޫދީ ޖައްބާރު އަސްކަރިއްޔާގެ ސިފައިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެން ކަމުގައެވެ. ފަލަސްޠީނުގެ ކުށެއް ނެތް ޢާންމު ރައްޔިތުންގެ ލޭއޮހޮރުވައިލަމުންދާ މަންޒަރު ބަލަން ތިބެވެން ނެތުމުން ކަމުގައެވެ.

ހަމާސް ޖަމާޢަތުގެ އިސް އޮފިޝަލެއް ކަމުގައިވާ ޞާލިޙް ޢާރޫރީ ވިދާޅުވީ އެ ޖަމާޢަތުން ފަށާފައި މިވާ ހަނގުރާމައަކީ، ފަލަސްޠީނުގެ މިނިވަން ކަމަށް ކުރަމުންދާ ހަނގުރާމައެއް ކަމުގައެވެ. އަދި، ޔަހޫދީންގެ އިސްތިޢުމާރީ ދަޢުލަތުގެ އަޅުވެތިކަމުން ސަލާމަތްވާން ކުރަމުންދާ ހަނގުރާމައެއް ކަމުގައެވެ.

"މިއީ އެއް ދުވަހުން ނިންމައިލާނެ ހަނގުރާމައެއް ނޫން. މި ހަނގުރާމަ ނިމުމަކަށް އަންނާނީ، ފަލަސްޠީނުގެ ރައްޔިތުންގެ މިނިވަން ކަން ކަށަވަރު ކުރުމަށް ފަހު. މުސްލިމުންގެ މުޤައްދަޞްވެގެންވާ ބިންތައް، ޔަހޫދީންގެ އިސްތިޢުމާރީ އަޅުވެތި ކަމުން ސަލާމަތް ކުރުމަށް ފަހު،" ޢާރޫރީ ވިދާޅުވިއެވެ.

ހަމާސްގެ އޮޕަރޭޝަނާ ގުޅިގެން ޔަހޫދީ އިސްރާޢީލުން ބަދަލުހިފުމުގެ ގޮތުން ޣައްޒާއަށް ހަމަލަދޭން ފަށާފައިވާއިރު، ޣައްޒާގައި ދިރިއުޅޭ މުސްލިމުން ދަނީ ދިގުލައިގެން ގޮސްދާނެ ހަނގުރާމައަކަށް ތައްޔާރުވަމުންނެވެ. ގިނަ ޢަދަދެއްގެ ބަޔަކު ވަނީ، އެ މީހުންގެ ގެދޮރު ދޫކޮށް، ރައްކާތެރި 'ޝެލްޓަރ' ފަދަ ޢިމާރާތްތަކަށް ބަދަލުވަމުންނެވެ. އަދި، ކާބޯތަކެތި ގަނެ، ތައްޔާރުވަމުންނެވެ.

ޖައްބާރު ނަތަންޔާހޫގެ އިންޒާރު

އިސްރާޢީލުގެ ޖައްބާރުކަން ބޮޑުވެގެންވާ ބެންޖަމިން ނަތަންޔާހޫ ވެސް ވަނީ ހަމާސްއާ ދެކޮޅަށް ހަނގުރާމަ އިޢުލާނު ކޮށްފައެވެ. އަދި، އޭނާއަށް ތާޢީދުކުރާނެ ކަމަށް ބުނެ، އެމެރިކާއިން ވަނީ ހަމާސްއާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ ކާމިޔާބު ކުރަން ޔަހޫދީ އަސްކަރިއްޔާއިން ބޭނުންވާނެ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމުގައި ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އަރުވާފައެވެ. އިނގިރޭސިވިލާތާއި ވިލާތުގެ އިއްތިހާދު (އީ.ޔޫ)އަށް ވެސް ގޯސްވީ ހަމާސްއެވެ. އިނގިރޭސިވިލާތާއި އީ.ޔޫން ވެސް ވަނީ ހަމާސްގެ އަމަލުތައް ކުށްވެރިކޮށްފައެވެ.

ނަމަވެސް، އީރާނުގެ ދީނީ ލީޑަރު އާޔަތުﷲ ޢަލީ ޙުޞައިނީ ޚާމަނާއީ ވަނީ ހަމާސް ޖަމާޢަތަށް ހިތްވަރުދެއްވާފައެވެ. އަދި، ފަލަސްޠީނުގެ މިނިވަން ކަމަށް ފަށާފައިވާ ހަނގުރާމައަށް ތާޢީދުކުރައްވާ ކަމުގައި ވިދާޅުވެފައެވެ. ލުބުނާނުގައި ހަރަކާތްތެރިވާ މުޖާހިދުންގެ ޖަމާޢަތެއް ކަމުގައިވާ ހިޒްބުﷲއިން ވެސް ވަނީ ހަމާސް ޖަމާޢަތުން ފަށާފައިވާ އޮޕަރޭޝަނަށް މަރުޙަބާ ކިޔާފައެވެ. އަދި، ފަލަސްޠީނުގެ މުޖާހިދުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނެފައެވެ.

ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވުޒާރާއިން ވަނީ ހަމަލަ ބަދަލުކުރުން ވަގުތުން ހުއްޓައިލަން ދެ ފަރާތަށް ވެސް ގޮވައިލާފައެވެ. ޤަޠަރުން ވެސް ވަނީ، ހަމަލަ ބަދަލުކުރުން ހުއްޓައިލަން ގޮވައިލާފައެވެ. އަދި، ހަމަނުޖެހުންތަކުގެ ފުރިހަމަ ޒިންމާ ޔަހޫދީ އިސްރާޢީލުން އުފުލަން ޖެހޭ ކަމަށް ޤަޠަރުގެ ޚާރިޖީ ވުޒާރާއިން ބުންޏެވެ.

  1. ޙ މ ހަމަދަ

    ާރަބިއެކަތިގަދަކައްވެހަމަލަވަރުގަދަކުރައްވަ

  2. ަަްްއޭއާރް15

    އެއީ ފަލަސްތީނުގެ ލަސްކަރު.. އިސްލާމީ އުއްމަތްއޮތީ ފިނޑިކަމުން ގޭގަ. އިސްލާމީ ވެރިން ތިބެނީ ބިރުން ކާފަރުންދެކެ. މިއަދުމީ އަހަރުމެންވެސް ގޮސް ލަޝްކަރާ ގުޅެންވިދުވަސް