Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ފަސްޓް ލޭޑީ ފަޒްނާ އިންތިޚާބީ ރައީސްގެ އަނބިކަނބަލުން ސާޖިދާއާ ބައްދަލުކުރައްވައިފި

ފަސްޓް ލޭޑީ ފަޒްނާ އިންތިޚާބީ ރައީސްގެ އަނބިކަނބަލުން ސާޖިދާއާ ބައްދަލުކުރައްވައިފި

ފަސްޓް ލޭޑީ ފަޒްނާ އަޙްމަދު އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއާއި ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުން އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު ކަމުގައިވާ މުލީއާގޭގައި ބޭއްވި މި ބައްދަލުވުމުގައި ފަޒްނާ ވަނީ އިންތިޚާބީ ރައީސް މުޢިއްޒު ރިޔާސީ އިންތިޚާބުގައި ހޯއްދެވި ކާމިޔާބީއަށް މަރުޙަބާ ވިދާޅުވެފައިވާކަމަށެވެ.

<img class="alignnone size-medium wp-image-200228" src="https://cdn.dhen.mv/wp-content/uploads/2023/10/377765_3_201d4c2419326345891d865a4da0313ec6358098_large-300x194.jpeg" alt="" width="300" height="194" /> <img class="alignnone size-medium wp-image-200229" src="https://cdn.dhen.mv/wp-content/uploads/2023/10/377763_3_a1e2569e960160c751fedb6cdc4bd5c7339ae57e_large-300x194.jpeg" alt="" width="300" height="194" />

Advertisement
Allied Insurance — Square (box)

ރިޔާސީ އިންތިޚާބުގައި ފަޒްނާއާއި ސާޖިދާއާއި ދެ ކަނބަލުންވެސް ކެމްޕޭންތަކުގައި އަމަލީގޮތުން ހަރަކާތްތެރިވެފައިވާތަން ފެނިފައިވެއެވެ.

<img class="alignnone wp-image-200230 size-large" src="https://cdn.dhen.mv/wp-content/uploads/2023/10/377766_3_9395283c013a7ae7f4c96d608dc2e8c51a4aa357_large-1024x662.jpeg" alt="" width="1024" height="662" />

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރު ބަދަލުވުމުގެ މަސައްކަތްތައް މިހާރު ކުރިއަށްގެންދާއިރު، އިންތިޚާބީ ރައީސްގެ އެދިލެއްވުމުގެ މަތިން, އެމަނިކުފާނުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަނީ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހު ހަވީރު ޖުމްހޫރީ މައިދާނުގައި ކަމަށް އިންތިޚާބީ ރައީސްގެ އޮފީހުގެ އިންތިޤާލީ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ވަނީ ވިދާޅުވެފައެވެ.

އަދި ރައީސް އެދިލެއްވި ގޮތަށް ކަންތައް ތަރުތީބުވަމުން އަންނަ ކަމުގެ ޔަޤީންކަން މަޖިލީހުން ދީފައިވާ ކަމަށް ވެސް ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް އިތުރަށް ވިދާޅުވީ, މޫސުންތަން ނުދިނުންފަދަ މައްސަލައެއް ދިމާނުވެއްޖެނަމަ, އޯޕަން އޭރިއާއެއްގައި ޖަލްސާ އޮންނާާނެ ކަމަށެވެ.

އިންތިޚާބީ ރައީސް, ޑރ. މުއިއްޒު މީގެ ކުރިން މީޑިއާއަކަށް ދިން އިންޓަރވިއުއެއްގައި ވިދާޅުވެފައިވަނީ, އެމަނިކުފާނުގެ ހުވާ ކުރުއްވުމުގެ ރަސްމިއްޔާތު ބާއްވަން ބޭނުންފުޅުވަނީ ހުރިހާ ދިވެހިންނަށް ބައިވެރިވެވޭ ގޮތަށް ޖުމްހޫރީ މައިދާނުގައި ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް