ޚަބަރު ސިޔާސީ

މެމްބަރު ޣަފޫރު ޕީޕީއެމަށް ބަދަލުވި ވާހަކަ ދޮގުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) އެ ޕާޓީ ދޫކޮށް ޕީޕީއެމް އަށް ބަދަލުވި ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފިއެވެ.

Ads by Hajj Corporation

ޣަފޫރު ވިދާޅުވީ އަދިވެސް އޭނާ ހުރީ ގަދަކޮށް، އެމްޑީޕީގައި ކަމަށެވެ. އަދި އެހެން ޕާޓީއަކަށް ސޮއިކުރި ވާހަކައަކީ ދޮގެއް ކަމަށާއި އެއީ ބަޔަކު ފިތުނަ އުފެއްދުމަށް ފަތުރާ ވާހަކައެއް ކަމަށް ވެސް ވިދާޅުވިއެވެ.

ޣަފޫރު އެމްޑީޕީން ވަކިވެވަޑައިގެން އިދިކޮޅު ޕީއެންސީ އަށް ސޮއިކުރައްވާ މަންޒަރު ފެންނަ ފޮޓޯއެއް އެމްޑީޕީގެ ކުރީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު މިރޭ ވަނީ އެކްސްގައި ޕޯސްޓު ކޮށްފައެވެ.

އެ ޕޯސްޓުގައި ޝިފާޒު ވަނީ އިންތިހާބީ ރައީސް ހުވާކޮށް ނިމޭއިރު އެމްޑީޕީގެ މިހާރު އޮތް ލީޑާޝިޕާއެކު ކިތައް މެމްބަަރުން ތިބޭނެތޯ ސުވާލު ކުރައްވާފައެވެ. އަދި ޣަފޫރަށް ވަނީ މަރުހަބާ ވިދާޅުވެފައެވެ.

Ads by HDC
  1. ކިނބޫ

    ނުތަނަވަސްކަން ގެނުވި ޚަބަރު އުފާވެރި ޚަބަރަކަށް ބަދަލު ވެއްޖެ! الحمدلله!
    ދިވެހިން އިޚްތިޔާރު ކުރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ގެ ވެރިކަން، އެންމެހައި ބަލާ މުސީބާތްތަކުން ރައްކާތެރި ކުރައްވާށި. އާމީން!

  2. އިއްބެ

    ޤަފޫރަކީދެފުށްކެހެރިމީހެއްނޫން

  3. ތިހާވަރަށް ދެން ނޫޅުނަސް ހަމަ ޕީޕީއެމް/ ޕީއެންސީ ކޯލީޝަނާއި ގުޅާލެވިދާނެތާ، ގޮނޑި ނީލަން ނުކިޔާ ސޭލް ނޭޅުވިޔަސް 5 މަސް ދެން އޮތީ ގޮޅީގެ ސޭލް ނިމެން !

  4. މަޖިލިސް ގޮޅިތަކުގައި ސޭލް ނިމެން ފަސްމަހަށް ވީމާ ބަޔެއް މެމްބަރުން އިތުރަށް ބޮޑުކޮށް ގޮޅީގައި ސޭލް އަޅުވަނީ 😆