Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސިޔާސީ

ޕީއެންސީގެ ޑެޕިއުޓީ ޕީޖީގެ ލީޑަރަކަށް ފަޒުލް ހަމަޖައްސައިފި

ޕީއެންސީގެ ޑެޕިއުޓީ ޕީޖީގެ ލީޑަރަކަށް ފަޒުލް ހަމަޖައްސައިފި

ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރަކަށް ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދު ހަމަޖައްސައިފިއެވެ.

މިކަން އިޢުލާނުކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައްޔިތުންގެ މަޖިލިހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވަނީ ފަޒުލްއަށް މަރުޙަބާ ދަންނަވައި ފުރިހަމަ ކާމިޔާބީއަކަށް އެދިވަޑައިގެންފައެވެ.

https://twitter.com/Adamshareefz/status/1712018883903922508

Advertisement
HDC — Sidebar (box)

ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ކާމިޔާބު ކުރެއްވުމާއި ގުޅިގެން އެ ޕާޓީގެ އެތެރޭގެ މަޤާމުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ޕީއެންސީގެ ރައީސް ކަމަށް އިންތިޚާބީ ރައީސް ޑރ. މުއިއްޒު ހަމަޖައްސާފައިވާއިރު، ނާއިބު ރައީސްގެ މަޤާމަށް ހަމަޖައްސާފައިވަނީ އިންތިޚާބީ ނާއިބު ރައީސް އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަތީފެވެ.

މީގެ ކުރިން ޕީއެންސީގެ ރައީސްގެ މަޤާމުގައި ހުންނެވި ޢަބްދުލްރަޙީމް (އަދުރޭ) ވަނީ އެޕާޓީގެ ޗެއާޕާސަންގެ މަޤާމަށް ހަމަޖައްސާފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް