ޚަބަރު އިޖުތިމާޢީ

ދިވެހި ބޭސް ކްލިނިކެއްގައި ހަށި ވިއްކަމުން ދަނިކޮށް ބަޔަކު ހައްޔަރުކޮށްފި!

ޢާއިޝަތު އިނާޝް ، ދެން އޮންލައިން
ހަށި ވިއްކަމުން ދިޔަ ބަޔަކު ހައްޔަރު ކުރަނީ

މާލޭގައި ހިންގަމުން ދިޔަ ދިވެހި ބޭސް ކްލިނިކެއްގައި ހަށި ވިއްކަމުން ދަނިކޮށް ބަޔަކު ހައްޔަރުކޮށްފިއެވެ.

Ads by Sosun Fihaara

މަޢުލޫމާތު ލިބިފައިވާގޮތުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހަށި ވިއްކާކަމުގެ ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ އަންހެނަކާއި 44 އަހަރުގެ އަންހެނަކާއި 41 އަހަރުގެ ފިރިހެނެކެވެ.

މި އޮޕަރޭޝަނަކީ އެންޓި ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓާއި ސްޕެޝަލިސްޓް އޮފަރޭޝަން އަދި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށްވެސް މަޢުލޫމާތުލިބިފައިވެއެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

Ads by Allied Insurance
  1. ދޮށީބޭ

    ހަށިވިއްކުމަކީވެސް ދިވެހިބޭހުގެތެރޭ ހިމެނޭކަސްރަތެއްގެ ގޮތުގަ ދެކެން ފެށީތާ!ވަރަށްދެރަ..

  2. ޭމީހެއް

    ރަޖަމުު ކޮށްބަލަަ… މުޖުތަމައަށްް ހުރިި ހުތުރެއްް. ތިވައްތަރަށްް ތެޅޭ މީހުންނަށްް ހައްޤުު ޖަޒާާ ދެއްވާށި

  3. މަޖިލިސް

    ގާނޫނުތައްހެދީހަށިވިއްކާގޮތައް

  4. ބޯގޯސް

    ހަށިވިއްކި މީހުނއގެ އުމުރުނޭގިގެނ ބަޔަކު ނޫޅޭނެ ތި ފާހިޝްކަންތަށް ކުރި ކުލިނިކު ނަންޖެހީމަ ދޯ މި ހަބަރަކަށް ވާނީ

  5. ނުކިޔައި

    އެއްކޮށްވިއްކިބާ

  6. ހޭބަލި ވެދާނެ

    މިފަހަރު ބޭސްގަނޑު އެޅީ މެދުފައިގަތާ