ޚަބަރު ސިޔާސީ

ވާދަވެރީންނަށް އަނިޔާވެރި ވުމުގައި ރައީސް ޞާލިހް ހުންނެވީ އެންމެ ކުރީގައި: އިންތި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ވާދަވެރިންނަށް އަނިޔާވެރި ވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ހުންނެވީ އެންމެ ކުރީގައި ކަމަށް ރައްޔިތުންގެ މަޖިލީހުގައި މާފަންނު އުތުރު ދާއިރާ ތަމްސީލު ކުރައްވާ ދަ ޑިމޮކްރެޓްސްގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ރޭ ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

އިންތި މިހެން ވިދާޅުވީ ޑިމޮކްރެޓުންގެ ހައުސްގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން އިންތި ވިދާޅުވީ ސިޔާސީ ވާދަވެރީންގެ ފަރާތުން އެ ބޭފުޅުންގެ ހަރަކާތްތަކެއް ރަނގަޅު ފެންވަރެއްގައި ހިންގި ކަމަށް ވީނަމަ ރައީސް ޞާލިހް ޖަލަށް ނުލާނެ އެކަކު ވެސް ނުހުންނާނެ ކަމަށެވެ.

އަދި ވާދަވެރީންނަށް އަނިޔާވެރި ވުމުގައި ރައީސް ޞާލިހް ހުންނެވީ އެންމެ ކުރީގައި ކަމަށާއި ރައީސް ޞާލިހަކީ ވާދަވެރިންނާ ދެކޮޅަށް އެންމެ އަނިޔާވެރިވި ރައީސް ކަމަށް އިންތި ވަނީ ވިދާޅުވެފައެވެ.

ހަމަ އެހެންމެ ސިޔާސީ ވާދަވެރީންގެ ގޮތުގައި ރައީސް ޞާލިހް ދެކެވަޑައިގަތީ ދެ ބޭފުޅެއް ކަމަށާއި އެއީ ކުރީގެ ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދާއި ރައީސް އަބްދުﷲ ޔާމީން ކަމަށް އިންތި ވަނީ ވިދާޅުވެފައެވެ.

މިގޮތުން ރައީސް ޔާމީން ޖަލަށްލީ ރައީސް ޞާލިހްގެ ސަރުކާރުން ކަމަށާއި އަނެއް ބޭފުޅެއްގެ ފުރާނަ ދުއްވާލުމަށްޓަކާ ބޮމުގެ ހަމަލާ އެއް ދިނުމުގެ ފުރުސަތު ދިނީ ރައީސް ޞާލިހްގެ ސަރުކާރުން ކަމަށް އިންތި ވަނީ ތުހުމަތު ކުރައްވާފައެވެ.

ރައީސް ޞާލިހް މަސައްކަތް ކުރެއްވީ ރައީސް ނަޝީދު ނައްތާލަން ކަމަށާއި އެކަން ކާމިޔާބު ނުވީ ކަމަށާއި ނަމަވެސް ސިޔާސީ ހަޔާތް ނިމިދާނީ ރައީސް ޞާލިހް އާއި އެމަނިކުފާނުގެ އެކުވެރިން ކަމަށް އިންތި ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ވެރިކަމުގެ ލައްޒަތުގެ ކުޑަ މިންވަރެއް ލިބުމުން ވެރި ކަމަށް ރައީސް ޞާލިހް ބޫތު ކެއީ ސުމާރެއް ނެތް މިންވަރަށް ކަމަށް ވެސް އިންތި ވަނީ ވިދާޅުވެފައެވެ.

  1. ޢަޒްރާ

    ހުރިހާ ކަމެއް ކޮއް ޖަރީމާ ހިންގީ އެމްޑީޕީ އެންމެން ގެ ބައިވެރިވުމާއެކު ބަދަލު ހިފުމުގެ ރޫޙުގަ ނަޝީދުވެސް ހުރެގެން

  2. ޖާއިޝް

    ވެރިމަކުގެ ކުޑަ މިންވަރެއް ލިބުނީ އިބޫއަށްތޯ ނުވަތަ ނަޝީދުއަށްތޯ އިންތި ކުރެން އަހާލަބަލަ. ދޮޅުރޯނާވެފަ ހުރެ ބުރާންޗެއްތަ!