މެދުއިރުމަތި ދުނިޔެ

ޣައްޒާއަށް ހަ ދުވަސްތެރޭގައި ހަހާސް ބޮން އަޅައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ފަލަސްޠީނާއި އިސްރާއީލްގެ ހަނގުރާމައިގައި، 3،000އާއި ގާާތް ކުރާ އަދަދަކަށް މީހުން ޝަހީދުވެއްޖެއެވެ.

Ads by Sosun Fihaara

އިޒްރޭލްގެ ޔަހޫދީން ޣައްޒާއަށް ހަމަލާ ދޭން ފެށީ، މި މަހުގެ ހަތްވަނަ ދުވަހުއެވެ.

އަލްޖަޒީރާ ނޫހުން ރިޕޯޓް ކުރި ގޮތުގައި، ޣާޒާއިން 2،808 މީހުން ޝަހީދުވެފައިވާއިރު، 10،859 ‏‏މީހުން ޒަޚަމް ވެފައިވެއެވެ.

އަލްޖަޒީރާއިން ބުނީ، ފަލަސްޠީނުގެ ބައިލައްކައެއްހައި މާބަނޑު އަންހެނުން ސިއްޙީ ފަރުވާގެ ޚިދުމަތުން ވެސް މަޙްރޫމްވެފައިވާ ކަމަށާއި، އެތައްހާސް ބަޔަކު ޔަހޫދީންގެ ހަމަލާތަކުން ސަލާމަތްވުމަށް، ރައްކާތެރި އެހެން ސަރަހައްދުތަކަށް ބަދަލުވާން ޖެހިފައިވާ ކަމަށެވެ.

އިޒްރޭލުގެ އަނިޔާވެރި ހަމަލާތަކުގެ ތެރެއިން، ޣައްޒާއަށް ހަ ދުވަހުގެ ތެރޭގައި ވަނީ ހަހާސް ބޮން އަޅައިފައެވެ. މި ފަހަރުގެ ހަނގުރާމަ ފެށުނީ، އަނިޔާވެރި ޔަހޫދީންނާއި ދެކޮޅަށް ހަމާސް ޖަމާޢަތުން ދިން ވަރުގަދަ ހަމަލާތަކާއި ގުޅިގެންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!