ޚަބަރު ސަރުކާރު ސިޔާސީ

މި ވަގުތަކީ އިންތިޚާބީ ރައީސްގެ އަލަށް އުފެދޭ ސަރުކާރުން ޝަކުވާ ކުރަންވީ ވަގުތެއް ނޫން: ނަޒީރު

ޙައްވާ އިނާޝާ ، ދެން އޮންލައިން

މި ވަގުތަކީ އިންތިޚާބީ ރައީސްގެ އަލަށް އުފެދޭ ސަރުކާރުން ޝަކުވާ ކުރަންވީ ވަގުތެއް ނޫން ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ތަރުޖަމާނު އަލީ ނަޒީރު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޢަލީ ނަޒީރު މިހެން ވިދާޅުވީ ރާއްޖެ ޓީވީގެ ޕްރޮގުރާމެއްގައި ރޭ ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ނަޒީރު ވިދާޅުވީ ރައްޔިތުން އިތުބާރުކޮށް ވެރިކަން ހަވާލުކުރުމުން މި ވަގުތަކީ އިންތިޚާބީ ރައީސްގެ އަލަށް އުފެދޭ ސަރުކާރުން ޝަކުވާ ކުރަންވީ ވަގުތު ނޫން ކަމަށެވެ.

ހަމަ އެހެންމެ، ރިޔާސީ ކެމްޕޭންގައި އިދިކޮޅު ފަރާތްތަކުން ދެއްކީ ސިއްޙީ ދާއިރާއާއި ކުންފުނިތައް ހިންގާނެ ފައިސާ ނެތް ވާހަކަ ކަމަށާއި އެގޮތަށް އެކަން އޮތްނަމަވެސް ޤައުމު ހިންގާނެ ކަމަށް ބުނެ މިހާރު އެކަން ނުވާނެ ކަމަށް ބުނުމަކީ ގޯސް އަލާމާތެއް ކަމަށް ނަޒީރު ވަނީ ވިދާޅުވެފައެވެ.

މިހާރު ދައްކަމުންދަނީ އިންތިހާބީ ސަރުކާރެއް އޮފީހަށް ވަންނަން އުޅޭ މަރުހަލާ ތެރޭގައި ދައްކަން ރަނގަޅު މަންޒަރެއް ނޫން ކަމަށާއި ދިވެހިން ބޭނުންވަނީ އުއްމީދީ ގޮތަކަށް ސަރުކާރުން ފެށިގެން އަންނަން ކަމަށް ނަޒީރު ވަނީ ވިދާޅުވެފައެވެ.

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރު ފެނިގެން ދާނީ ވަރަށް ތަފާތު ސަރުކާރެއްގެ ގޮތުގައި ކަމަށް ފާހަގަކޮށް ނަޒީރު ވިދާޅުވީ މުޢިއްޒުއާއެކު ތިއްބެވި ތަފާތު ވިސްނުމުގެ ބޭފުޅުންނާއެކު މަސައްކަތް ކުރެއްވުމަކީ ކުރިމަތިވެ ވަޑައިގަންނަވާނެ ބޮޑު ގޮންޖެހުމަކަށް ވާނެ ކަމަށެވެ.

މީގެ އިތުރުން އަދާލަތު ޕާޓީން ބޭނުން ވަނީ ޑރ. މުޢިއްޒުގެ ސަރުކާރުން ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމުގައި އެހީތެރިވާ ޕާޓީއެއްގެ ގޮތުގައި އޮތުމަށް ކަމަށާއި އެއްވެސް ހާލަތެއްގައި މުޢިއްޒުގެ ސަރުކާރަށް ޖެއްސުންކޮށް އުނދަގޫ ކުރުމުގެ ވިސްނުމެއް އަދާލަތު ޕާޓީން ނުގެންގުޅޭ ކަމަށް ނަޒީރު ވަނީ ވިދާޅުވެފައެވެ.

މި ވަގުތަކީ އިންތިޚާބީ ރައީސްގެ އަލަށް އުފެދޭ ސަރުކާރުން ޝަކުވާ ކުރަންވީ ވަގުތެއް ނޫން ކަމަށް ނަޒީރު ވިދާޅުވެފައި ވާއިރު މި އަހަރުގެ ފަހު ހަމަހަށް ބޭނުންވާ ސިއްހީ ސާމާނު ގަތުމަށް އަދިވެސް އޯޑަރު ކޮށްފައި ނުވާއިރު، ބައެއް ހޮސްޕިޓަލްތަކުގައި މިހާރު ބޭނުން ކުރަނި ކުއްލި ހާލަތްތަކުގައި ބޭނުން ކުރަން ހުރި ތަކެތި ކަމަށް އިންތިޚާބީ ރައީސްގެ އޮފީހުން އިއްޔެ ވަނީ ވިދާޅުވެފައެވެ.

Ads by Ooredoo
  1. ޜަމީޒު

    ތިޅާމެން މުޅި ޤައުމު ކާލައިފަ ފޯކޭ ނުކިޔާ ބައްޅާ

    • ގައުމު ދިރުވާރާފަ އޮތީމަވެސް އެވާހަކަ ނުބުނަންވީތަ؟ކިހާ ހެއްވާ ވާހަކައެއް.ކަލޭމެންވެސް ދިޔައީ ވެރިކަމުގެ ދަހިވެތިކަމުގަ ދޮނގާއި މަކަރުން ރައްޔިތުންގެ ބޯކަމުން.އެގުރީމެންޓްވެސް ފޮރުވާފަ.ފިނޭސް މިނިސްޓަރވެސް ބެލީ އޮޅުވާލެވޭތޯ.

  2. އަޑިކޮންނަ

    ކަލެއަކަށް ނޭންގޭނެ އިންތިޚާބީ ރައީސް ކުރަންވީކަމެެއް. މޮޔަނުގޮވަ ފޮށިތަންމަތި ބަނދެގެން އޮފީހުން ބޭރުވާން ތައްވޭތޯބަލާ .

  3. މިހިރަ ނަޒީރޫ ކަލޭމެން ވައްކަން ކޮއް ގައުމު އަދަވަޅަކަށް ވައްޓާލި ވާހަކަ ދައްކަން ވަކިވަގުތެއް ނޯންނާނެ ރޑކޅ