ޚަބަރު އިޖުތިމާޢީ

ވިލާ ފައުންޑޭޝަނުން ޤުރުއާނުގެ ތަފްސީރުގެ ވެބް ވާޝަން ފުރިހަމަކޮށް ނެރެފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

މަޝްހޫރު ވިޔަފާރިވެރިޔާ އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމްގެ ވިލާ ފައުންޑޭޝަނުން ދިވެހި ބަހަށް ތަރުޖަމާކުރި "އައްތަފްސީރުލް ވާޟިޙުލް މުޔައްސަރު" ގެ ވެބް ވާޝަން ފުރިހަމަކޮށް ނެރެފިއެވެ.

Ads by STELCO

ޤާސިމް ވަނީ މިއަދު ދިވެހިރާއްޖެ އިސްލާމްވީ ދުވަހުގައި ފޮތުގެ ވެބްވާޝަން ފުރިހަމަ ކޮށް މިރެއިން ފެށިގެން އާންމު ކުރައްވާފައިވާ ކަން ހާމަ ކުރައްވައިފައެވެ.

ވިލާ ފައުންޑޭޝަނުން ދިވެހި ބަހަށް ތަރުޖަމާ ކުރި މި ފޮތަކީ ހަ ވޮލިއުމްގެ މައްޗަށް އެކުލެވިގެންވާ ތަފްސީރެކެވެ.

ވެބް ވާޝަން ފުރިހަމަކޮށް ނެރެދެއްވަމުން ގާސިމް ވިދާޅުވީ ސަޢުދީޢަރަބިޔާ އިން ނެރެފައިވާ "އައްތަފްސީރުލް ވާޟިހުލް މުޔައްސިރު" ދިވެހި ބަހަށް ތަރުޖަމާކޮށް، ދަރިވަރުންނާއި ދީނީ ޢިލްމުވެރިންނާއި ދިވެހި ރައްޔިތުންނަށް ހަދިޔާ ކުރައްވާ ކަމަށެވެ.

މީގެ އިތުރުން ޤާސިމް ވިދާޅުވީ ލަސްތަކެއް ނުވެ ޗާޕް ކޮށް ދިވެހިރާއްޖޭގެ ގިނަ ގޭބިސީ ތަކަށް ތަފްސީރުގެ ކޮޕީ އެއް ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

Ads by Allied Insurance
  1. ޜަނގަޅު. ވެރިކަމުގެ ހަޑި މުޑުދާރު ކަންކަން ދޫކުރައްވައި ތިޔަފަޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެއްވުމަކީ އާޚިރަތް ބާއްޖަ ވެރިވާނެ ކަންކަން. ވެރިކަމަކީ ދުނިޔެވީ އެދުންތަކުން އާޚިރަތް ފަނާ ކުރާކަމެއް.

  2. އިޚްލާޞް

    މަނިކުފާނަށް ﷲ ބަރަކާތް ލައްވާ ތިޔަ ކުރެއްވި މަސައްކަތަކީ އިޚްލާޞްތެރި މަސައްކަތެއް ކަމުގައި ލައްވާ އާޚިރަތުގެ ޢަޛާބުން ސަލާމަތް ކޮށްދެނިވި ދެމިހުންނަނިވި ޞަދަޤާތެއް ކަމުގައި ލައްވާށި! އާމީން.