ޚަބަރު ސިޔާސީ

މި ސަރުކާރުގެ ފުރަތަމަ 4،000 ފްލެޓް ލިބޭ މީހުން އަދިވެސް ކަނޑަނޭޅޭ

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ފްލެޓު ލިބުނު މީހުންގެ ތެެރެއިން ފުރަތަމަ 4000 ފްލެޓް ލިބޭ މީހުން އަދިވެސް ކަނޑަނޭޅޭކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.

Ads by MWSC

މިދިޔަ މަހުގެ 26 ވަނަ ދުވަހު ގެދޮރުވެރިންގެ ޕޯޓަލްގައި ޢާންމުކުރި ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު ތަރުތީބުކޮށް، ފުރަތަމަ 4،000 ފްލެޓު ލިބޭ މީހުން ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް އެ މިނިސްޓްރީން ވަނީ މަޢުލޫމާތުދީފައެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ފްލެޓް ޙަވާލުކުރުމުގެ މަސައްކަތް ފެށުމަށް، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އަށް މިނިސްޓްރީން އަންގާފައެއް ނުވެއެވެ. އަދ އެ މަސައްކަތް ފަށާނީ މިނިސްޓްރީން ލިސްޓު ތަރުތީބުކޮށް ފައިނަލް ލިސްޓު އެ ކޯޕަރޭޝަނަށް ފޮނުވުމުން ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަން ނިމުމަށް ވަގުތު ކުޑަތަންވަމުން އަންނައިރު، އެމަނިކުފާނު ވަނީ ބޯހިޔާވަހިކަމުގެ ދަށުން ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ފްލެޓް ދިނުމަށް ނިންމާފައެވެ.

Ads by Allied Insurance
  1. އަބްދޫ

    މިއީ ޔާމީނުގެ އިރު ފައުންޑޭސަން ނިންމި 4000 ނޫންތަ؟

  2. ކިޔާމީހާ

    ފްލެޓްގެ އަގެއް ކަނޑައެއް ނޭޅޭ. 4000 ފްލެޓް ލިބޭ މީހުން ކަނޑައެއް ނޭޅޭ. ވޯޓް ހޯދަން ފޮނި ވާހަކަ ދައްކަނީ.

    • މީމަ

      ފްލެޓަށް ލީތާ 1 އަހަރުވީ އަދި ލިސްޓް ނުނިމޭ.