ޚަބަރު ދުނިޔެ

ޕްރިމިއާ ލީގުގެ މެޗުތައް ކުޅޭއިރު، އިޒްރޭލާއި ފަލަސްތީނުގެ ދިދަތައް ދަނޑަށް ވެއްދުން މަނާކުރަނީ

ޢާއިޝަތު އިނާޝް ، ދެން އޮންލައިން
މެނެޗެސްޓާ ސިޓީގެ ކުރީގެ ފޯވާޑް ރިޔާދް މަހްރޭޒް، ދަނޑުގައި ފަލަސްތީނުގެ ދިދަ ހިފައިގެން:.ފޮޓޯ: ދަ އައިރިޝް ޓައިމްސް

ޕްރިމިއާ ލީގުގެ މެޗުތައް ކުޅެމުންދާއިރު، އިޒްރޭލާއި ފަލަސްތީނުގެ ދިދަތައް ދަނޑަށް ވެއްދުން މަނާކުރުމަށް ވިސްނަމުންދާކަމަށް އެ ލީގުން ބުނެފިއެވެ.

Ads by MWSC
Ads by Sosun Fihaara

ޕްރިމިއާ ލީގުން ބުނީ ފަލަސްތީނާއި އިޒްރޭލުގެ ދިދަ، ދަނޑުތަކަށް ވެއްދުން މަނާކުރާނެކަން މިހަފްތާގައި ކްލަބްތަކަށް އަންގާނެކަމަށެވެ. އަދި މިގޮތަށް ނިންމާފައިވަނީ ސަލާމަތީ އިދާރާތަކާއި ޔަހޫދީ ގްރޫޕުތަކާއި މަޝްވަރާކުރުމަށްފަހުގައިކަމަށްވެސް އެ ލީގުން ވަނީ ބުނެފައެވެ.

ޕްރިމިއާ ލީގުގެ އިތުރުން އިނގިރޭސި ފުޓުބޯޅަ އެސޯސިއޭޝަނުންވެސް ވަނީ އިނގިރޭސިވިލާތާއި އިޓަލީ އަދި އޮސްޓްރޭލިއާއާއެކު ކުޅުނު މެޗުތަކަށްވެސް އެ ދެ ޓީމުގެ ދިދަ ފިޔަވައި އެހެން ދިދައެއް ރަމްޒުވާ ދިދައެއް ނުވެއްދުމަށް އަންގާފައެވެ.

އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަށް ކުއްވެރިކޮށް ބައެއް މުސްލިމް ކުޅުންތެރިން ގެންދަނީ އަޑު އުފުލަމުންނެވެ. އަދި ބައެއް ކުޅުންތެރިންނާއި ސަޕޯޓަރުންވެސް ގެންދަނީ ފަލަސްތީނުގެ ދިދަތަކުން ދަނޑުތައް ފުރާލަމުންނެވެ.

ދަނޑުތަކަށް ފަލަސްތީނުގެ ދިދަ ވެއްދުމަށް މަނާކުރުމުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. ބައެއް މީހުން ބުނާ ގޮތުގައި ފަލަސްތީނާއި އިޒްރޭލުގެ ދިދަ ދަނޑަށް ވެއްދުން މަނާކުރަން ނިންމީ، ފަލަސްތީނުގެ ދިދަ ވެއްދުން އެކަނި މަނާނުކުރުމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!