ޚަބަރު އިޖުތިމާޢީ

ފަލަސްތީނު ފަންޑަށް ސްޓެލްކޯ އިން ފަސްލައްކަ ރުފިޔާ ހަދިޔާ ކޮށްފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ކުރިއަށް ގެންދާ "އަހަރެމެން ފަލަސްތީނާއެކު ފަނޑަށް" ސްޓެލްކޯ އިން ފަސްލައްކަ ރުފިޔާ ހަދިޔާ ކޮށްފިއެވެ.

Ads by MWSC

މިކަން ހާމަކޮށް ސްޓެލްކޯ އިން މިއަދު ބުނީ އިޒްރޭލުގެ ހައްދުފަހަނައެޅި އަސްކަރިއްޔާ އިން ދެމުންގެންދާ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން 500،000.00 (ފަސްލައްކަ ރުފިޔާ) ވަނީ "އަހަރުމެން ފަލަސްތީނާއެކު ފަންޑަށް" ހަދިޔާ ކޮށްފައި ކަމަށެވެ.

މި ފައިސާ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިނާއި ހަވާލުކޮށްފައި ވަނީ މިއަދު ސްޓެލްކޯ ބޯޑު ރޯމްގައި ބޭއްވި ރަސްމިއްޔާތެއްގައި ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

ސްޓެލްކޯގެ ފަރާތުން މި ފައިސާގެ އެހީގެ ޗެކް އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިނާއި ހަވާލުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް އެވެ.

އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންގެ ފަރާތުން ޗެކާ ހަވާލުވެލެއްވީ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންގެ ޗެއާމަން އަހުމަދު އިގްބާލް އެވެ.

ސްޓެލްކޯ އިން ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންގެ ފަރާތުން ކުރިއަށް ގެންދާ ފަންޑު ހޯދުމުގެ ހަރަކާތްތަކަށް އެހީތެރިވެދިނުމުގެ ގޮތުން ސްޓެލްކޯގެ ހެޑް އޮފީހުގެ ލޮބީ ސަރަހައްދުގައިވެސް ފަންޑުފޮއްޓެއް ބަހައްޓާފައެވެ.

Ads by Ooredoo
  1. ސްޓެލްކޯއަކައް އެގޮތައް އެކަމެއް ނުކުރެވޭނެ ނަމަވެސް މުވައްޒަފުން އަތުން ނަގައިގެން އެކަން ކުރެވިދާނެ