ޕެމާ" އަށް އަޅުގަނޑުގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބޭނެ: ސެމްބެ"

ރައްޔިތުންގެ މަޖިލީހަށް އެމަނިކުފާނުގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު ލިބިވަޑައިގަންނަވާނެކަމަށާއި ޚާއްސަކޮށް މަޖިލީހުގެ ސޯޝަލް ކްލަބް "ޕެމާ" އަށް އަބަދުވެސް އެއްބާރުލުން ދެއްވާނެކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަދި މިހާރުގެ އިންތިޚާބީ ނާއިބުު ރައީސް ޙުސައިން މުޙައްމަދު ލަތީފް (ސެމްބެ) ވިދާޅުވެއްޖެއެވެ.
އިންތިޚާބީ ނާއިބު ރައީސް "ޕެމާ" އަށް ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގުވަޒަންކުރުމަށް އެ ޖަމިއްޔާގެ މެންބަރުން އިސްވެ ބޭއްވި ޙަފްލާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މިހާރު ޙަވާލުވެވަޑައިގެންނެވި މަޤާމުގެ ޒިންމާ އަދާކުރައްވަމުންވެސް މަޖިލީހުން އެދިވަޑައިގަންނަވާ ކޮންމެކަމެއްގައި އެއްބާރުލުން ދެއްވާނެކަމަށެވެ.
"ގައުމީ މަސައްކަތަށް މިނުކުތީ ޕާޓީއެއްގެ ސިޔާސަތުތަކަކާއެކީގައި، މި މަޤާމަށް އައުމަށް ޕާޓީގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރުއަދާކުރަން، އަދި މި ފުރުސަތުގައި ޔަޤީންކަން އަރުވަން އިންތިޚާބީ ރައީސްއަށާއި، މަޖިލީހަށް އަދި މަޖިލީހުގެ ސޯޝަލް ކްލަބަށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އަރުވަން"
ކޮންމެ އަހަރު ބާއްވާ ކްލަބް މޯލްޑިވްސް މުބާރާތުގައި އިންތިޚާބީ ނާއިބު ރައީސް ވަނީ މަޖިލީހުގެ ޓީމަށް ކުޅުއްވައި، ގިނަ ކާމިޔާބީތަކެއް ހޯއްދަވާފައެވެ. އަދި މަޖިލީހުގެ އެތެރޭގެ އެކި މުބާރާތްތަކާއި އެހެނިހެން ކުޅިވަރުތަކުގައިވެސް ސެންބެއަކީ ފާހަގަކޮށްލެވޭ ބޭފުޅެކެވެ.

އިންތިޚާބީ ނާއިބު ރައީސް "ޕެމާ" އަށް ކޮށްދެއްވި ޚިދުމަތުގެ އަގުވަޒަންކުރުމަށް އެ ޖަމިއްޔާއިން ހަނދާނީ ފިލާ އަރުވަނީ، ފޮޓޯ: ޕެމާ
އިންތިޚާބީ ނާއިބު ރައީސް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންް "ޕެމާ" އިން ވަނީ އެމަނިކުފާނަށް ހަނދާނީ ފިލައެއް އަރުވާފައެވެ.
ފެމާ އަކީކޮބައިކަން ބުނެލިނަމަ