ސަރުކާރު މުވައްޒަފުން ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތްކުރާ ނަމަ، ހާޒިރީ އެލަވަންސް ލިބޭ ގޮތަށް ދައުލަތުގެ ޕޭ ފްރޭމް ވޯކަށް އިސްލާހު ގެނެސްފިއެވެ.
ދައުލަތުގެ ޕޭ ފްރޭމް ވޯކަށް ގެނައި އިސްލާހުގައިވާ ގޮތުން، ސިވިލް ސާވަންޓުން ރަސްމީ މަސައްކަތު ދުވަހުގެ އިތުރުން، ރަސްމީ ބަންދު ދުވަސްތަކާއި ހުކުރު ދުވަހު ޑިއުޓީ އުސޫލުން މަސައްކަތް ކުރާ ނަމަ ހާޒިރީ އެލަވަންސް ލިބޭނެއެވެ.
ހަމަ އެހެންމެ ރަސްމީ ބަންދު ދުވަސްތަކާއި ހުކުރު ދުވަސްތަކުގައި ހާޒިރީ އެލަވަންސް ލިބޭނީ، ވަޒީފާއާ ބެހޭ ގާނޫނުގައި ރަސްމީ މަސައްކަތުގެ ގަޑީގެ ގޮތުގައި ކަނޑައަޅާފައިވާ ޖުމްލަ ވަގުތުގެ ދެބައިކުޅަ އެއްބައި ވަގުތު މަސައްކަތް ކުރާ ހާލަތްތަކުގައި ކަމަށް ވެސް އެ އިސްލާހުގައި ބުނެފައިވެއެވެ.
މި އިސްލާހުގައި ބުނެފައިވާ ގޮތުން އޮފީހަށް ހާޒިރުވުން ކަމަށް މާނަކޮށްފައި ވަނީ މުވައްޒަފުން ޖިސްމާނީ ގޮތުން އޮފީހަށް ހާޒިރުވުމާއި އޮންލައިންކޮށް މަސައްކަތް ކުރަން ޖެހޭ ހާލަތެއްގައި "ސައިން-އިން" ވެގެން ހާޒިރުވުމެވެ.
މީގެ އިތުރުން އޮފީހުގެ ފަރާތުން ރަށްރަށަށާއި ރާއްޖެއިން ބޭރަށް ކުރަން ޖެހޭ ރަސްމީ ދަތުރުތަކުގެ ދުވަސްތަކަށް ވެސް ހާޒިރީ އެލަވަންސް ލިބޭނެ ކަމަށް މި އިސްލާހުގައި ބުނެފައި ވެއެވެ.
ތަހުޒީބު ގައުމުތަކުގެ ޔުނިވަރސިޓީގެ ސެޓްފިކެޓް ހޯދައިގެންކުރާ ނާތަހުޒީބްކަންކަން.
ތަހުޒީބް ގައުމުތަކުގައި އޮންނަނީ ދުވަހު ނުވަތަ ހަފްތާގެ މުސާރަ އާއި، އިތުރު ގަޑީގެ މުސާރަ އާއި، ވަޒީފާ އެހެންރަށަކަށް ބަދަލުވުމުންދޭ އެރަށަކަށް ކަޑައެޅިފައިވާ ރީ ލޮކޭޝަން އެލާވަންސް. ނުރައްކާތެރި މަސައްކަތްކުރާ މުވައްޒަފުން ތިބެނީ އިންޝުއަރ ކޮށްފައި.