ޚަބަރު ސަރުކާރު ސިޔާސީ

ބައެއް ކުންފުނިތަކުގެ ހާލަތު ދެނެގަތުމަށް އޮޑިޓްތަކެއް ހަދަން ޑރ. މުޢިއްޒު ނިންމަވައިފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ހާލަތު ދެނެގަތުމަށް ހާއްސަ އޮޑިޓްތަކެއް ހެދުމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

Ads by Sosun Fihaara

މިކަން ހާމަކުރައްވާފައި ވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިޚާބީ ރައީސް ޑރ. މުޢިއްޒުގެ ތަރުޖަމާން މުހައްމަދު ފިރުޒުލްއެވެ.

ފިރުޒުލް ވަނީ އިންތިޚާބީ ރައީސްގެ ފަރާތުން އެކުލަވާލި އިންތިގާލީ ކޮމިޓީތަކުން އިދާރާތަކާއި ކުންފުނިތަކަށް ޒިޔާރަތްކޮށް ހޯދި މައުލޫމާތަށް ބަލާއިރު ކުންފުނިތަކުގެ ހާލަތު ގޯސްކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ބައެއް އިދާރާތަކާއި ބައެއް ކުންފުނިތަކުގެ ޚާއްސަ އޮޑިޓެއް ހެދުމަށް އިންތިޚާބީ ރައީސް ނިންމަވާފައިވާ ކަމަށް ފިރުޒުލް ވަނީ ވިދާޅުވެފައެވެ.

ހަމަ އެހެންމެ އިންތިގާލީ ކޮމިޓީތަކުން މުވައްސަސާތަކަށް ޒިޔާރަތްކޮށް ކުރެއްވި މަސައްކަތަކީ އެއްވެސް ހާލެއްގައި ވަޑައިގަންނަވާ ވުޒާރާއެއް މުއައްސަސާއެއް ނުވަތަ ކުންފުންޏެއްގެ އޮޑިޓެއް ހެދުމެއް ނޫން ކަމަށާއި އިންތިގާލީ ކޮމިޓީން ކުރެއްވި މަސައްކަތަކީ އެތަނެއްގެ ހާލަތު ހުރީ ކިހިނެއްކަން ދެނެގަތުމަށް ސިޓުއޭޝަނަލް ސްނެޕްޝޮޓެއް ނެގީ ކަމަށް ފިރުޒުލް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ފިރުޒުލް ވިދާޅުވީ އިދާރާތަކާއި ކުންފުނިތަކުގެ ޚާއްސަ އޮޑިޓް ހަދާނީ ދައުލަތުގެ އޮޑިޓާ ޖެނަރަލް މެދުވެރިކޮށް ކަމަށާއި މި މަސައްކަތްތަކުގެ ތަފްސީލްތައް ފަހުން ހާމަކުރައްވާނެ ކަމަށެވެ.

އިންތިޚާބީ ރައީސްގެ އޮފީހުން އެކުލަވާލާފައިވާ އިންތިގާލީ ކޮމިޓީތަކުން ވަނީ ވޭތުވެދިޔަ 3 ހަފްތާގެ ތެރޭގައި ސަރުކާރުގެ އިދާރާތަކާއި، ކުންފުނިތަކުގެ ގޮތުގައި ހިމެނޭ 77 މުވައްސަސާގެ މަޢުލޫމާތު އެއްކޮށް އެ 77 މުވައްސަސާގެ ޙާލަތާއި ގުޅޭ ތަފްޞީލީ ރިޕޯޓް އެކުލަވާލާފައި ކަމަށް ވެސް ފިރުޒުލް މިއަދު ވަނީ ވިދާޅުވެފައެވެ.

Ads by Ooredoo
  1. ތަމެންދޯ

    ނަޝީދު އަމިއްލަ އަށް ވެއްޖެ އެއް ނޫންތޭ އިސްތިއުފާ ދީފައި އެއްފަރާތަަށް ޖެހެން މަމެން އެއްގޮތަކަށް ވެސް ޤަބޫލެއް ނުުކުރާނަމޭ މުއިއްޒުގެ ހުވާ ކުރުން މަޖްލީސް އިދާރާ ދޫކޮށް ގޮސް އޭނާ ޖުމްހޫރީ މައިދާނުގައި ކުރާހުވާ އެނުވާނެއޭ ސައްހަ ހުވައަށް އޭނާގެވެރިކަމުގެ ބަރަކާތް ވެސް ކެނޑޭނެއޭ ރާއްޖޭގެ ރައްޔިތުން ހޮވާ ރައީސަކު އަބަދުވެސް ހުވާ ކުރައްވަނީ މަޖްލީހުގެ އިދާރާގައޭ ރައީސް އިބޫ ގަލޮޅު ބޯޅަދަނޑުގައި ހުވާކުރީ އެއީ އޭނާ ގެ ގަމާރުވެފައި ބީތާ ކަމުންނޭ އެނޫން ނަމަ އޭނާ ހުވާ ނުކުރާނެއޭ މަޖްލީހުގެ އިދާރާ ދޫކޮށް ގޮސް ކޮތަރު ގުއި ރީފައި އޮންނަ ތަނެއްގައި…

  2. ގޮނާސަކް

    ދެ ވަނަ ބުރުގެ ގޯއްޗާއި ފްލެޓާ މެދު އަމަލުކުރާނެ ގޮތެއް އަދި ނުނިންމަން ކަމަށް މުއިއްޒު ތަރުޖަމާނަކަށް ލާފައިވާ ގޮލައަކު ބުނާ ބުނުން އެއީ އެއްވެސް ބަރުދަން ހުރި އެއްޗެއް ކަމަށް މަމެން ނުދެކެމޭ މުއިއްޒު ކެމްޕެއިން ތެރޭގައި ތަ ބުންޏެއް ނޫންތޭ ތަ ހޮވާދީފިނަމަ މިސަރުކާރުން މާލެ ސަރަހައްދުގެ ބޯހިޔާވައްސަށް އެދޭ ކޮންމެ މީހަކީ އެއީ ޝަރުތު ފުރިހަމަވާ މީހަކަށް ވާނެއޭ މިހާރު އެކަން ބާތިލް ކޮށް ކޮންކަނޑުކޮހެއްތޭ ތަ ތިޔާ ގޮވަނީ އިޓްސް ގޮނާ ސަކް ދޯ…

  3. ގޮނާސަކް

    ސާޅީސްހާސް މީހުންގެ ތެރޭން އެކަކުވެސް ބާކީކޮށްފިނަމަ މުއިއްޒުއަށް އޭގެ ހިތިރަހަދައްކާނަމޭ މަޖްލީހުގެ އިންތިޚާބުން ތަމެން ބަލާތި މިކަން ޕީޕީއެމް އިން މާލެ ސަރަހައްދުގެ އާބާދީ 5 ލައްކަ އަށް މި 5 އަހަރު ނާރާގޮތަށް މުއިއްޒު މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓްސް ދިނުމަށް އޭނާ ގެންގުޅޭ ދެއިއުޅި އެއްނުވާ ކައްޕަޅި އުސޫލާއި ހަމަތަކުގެ މަތިންނޭ ކިޔާ އެމެރިކާ ހަދާ ގޮތަށް ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރާނަމަ އޭގެ ހިތި ނަތީޖާ މަޖްލީހުގެ އިންތިޚާބުން މިކަން ދައްކާނަމޭ މުއިއްޒު އަށް ދީސް އާރ ދަ ތިންގްސް އައި ކާންޓް އިގްނޯރ އިޓްސް ގޮނާ ސަކްދޯ…

  4. އިޖާބައެދެމޭ

    ރައީސް ކަމުގެ ހުވާ ކުރަން ޖެހޭނީ މަޖްލީހުގެ އިދާރާގައޭ އެނޫން ތަނެއް އެއީ ސައްހަ ތަނެއް ކަމަށް މަމެން ގަބޫލެއް ނުކުރާނަމޭ ގަބޫލެއް ނުކުރާނަމޭ ގަބޫލެއް ނުކުރާނަމޭ ގަބޫލެއް ނުކުރާނަމޭ ގަބޫލެއް ނުކުރާނަމޭ ގަބޫލެއް ނުކުރާނަމޭ ގަބޫލެއް ނުކުރާނަމޭ ގަބޫލެއް ނުކުރާނަމޭ ގަބޫލެއް ނުކުރާނަމޭ ގަބޫލެއް ނުކުރާނަމޭ ގަބޫލެއް ނުކުރާނަމޭ ގަބޫލެއް ނުކުރާނަމޭ ގަބޫލެއް ނުކުރާނަމޭ ގަބޫލެއް ނުކުރާނަމޭ ގަބޫލެއް ނުކުރާނަމޭ ގަބޫލެއް ނުކުރާނަމޭ ގަބޫލެއް ނުކުރާނަމޭ 17 ނޮވެމްބަރު ވާ 2023 އެދުވަހު ބޯކޮށް ވާރޭވެހި އެކަން ކޮތަރު ގުއިރޭ ޕާރކް ގައި ނުބޭއްވޭނެ ގޮތް މެދުވެރިކުރައްވާންދޭންވެ މެދުވެރިކުރައްވާންދޭންވެ މެދުވެރިކުރައްވާންދޭންވެ މެދުވެރިކުރައްވާންދޭންވެ މެދުވެރިކުރައްވާންދޭންވެ މެދުވެރިކުރައްވާންދޭންވެ މެދުވެރިކުރައްވާންދޭންވެ މެދުވެރިކުރައްވާންދޭންވެ މެދުވެރިކުރައްވާންދޭންވެ މެދުވެރިކުރައްވާންދޭންވެ މެދުވެރިކުރައްވާންދޭންވެ މެދުވެރިކުރައްވާންދޭންވެ މެދުވެރިކުރައްވާންދޭންވެ މެދުވެރިކުރައްވާންދޭންވެ

  5. އައިކުޑްލައިކް

    ސާބަހޭ އެމްޑީޕީ ފިރިހެނުން ޖައްސާ ގޮތަށް ޖައްސާފައި ބަހައްޓާތި މުއިއްޒުގެ ވެރިކަމުގެ ޅަފަތުގައި އެހާ ފަސޭހައިން އޭނާ އަށް ވެރިކަން ކުރަން ދޫދީގެން ނުވާނެއޭ އޭނާ ވެސް ޖެހޭނީ އޭނާގައި ގައި އެ ހުންނަ ރަނޑު ގޮތްތައް ދޫކޮށްލާ ފިރިހެނުން ނިކުންނަ ގޮތަށް ސިޔާސީ މައިދާނަށް ނިކުންނަށް މަމެން ޕިންކީން ވެރިކަން ކުރަން ބޭނުންވަނީ ވަރަށް ބޮޑެތި ގޮންޖެހުން ތަކާއި އެކުއޭ އެނޫންނަމަ އެއަކު ޗަސްބެއް ނުހުންނާނެއޭ އައި ކުޑް ލައިކް އިޓް ޓިލް ދަ ޑޭ ދެޓް އައި ޑައި ޑައި ޑައި ޑާއި ޑާއި ޑާއި ޑާއި ޑާންްސް ޑާންސް ޑާންސް…