Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ދަ ގާރޑްންސްގެ ނުނިމި ހުރި މަސައްކަތްތައް އަރބަންކޯގެ ބެލުމުގެ ދަށުން ފަށައިފި

ދަ ގާރޑްންސްގެ ނުނިމި ހުރި މަސައްކަތްތައް އަރބަންކޯގެ ބެލުމުގެ ދަށުން ފަށައިފި

ޖާހް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގެ ޕްލޮޓް D2-1a ތަރައްޤީ ކުރަމުން އަންނަ ދަ ޕްލޮޓް ގާރޑްންސްގެ ނުނިމި ބާކީހުރި މަސައްކަތް އަރބަންކޯގެ ބެލުމުގެ ދަށުން އަލުންފަށައިފިއެވެ.

އާބަންކޯ އިން މިއަދު ބުނީ ހުޅުމާލޭގެ ޕްލޮޓް D2-1a ތަރައްޤީ ކުރަމުން އަންނަ ދަ ގާރޑްންސްގެ  މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދާ މަސައްކަތުގެ ތެރޭގައި، 10 ވަނަ ފަންގިފިލާއިން ތިރީ ފަންގިފިލާތަކުގެ ފިނިޝިންގ މަސައްކަތްތައް ހިމެނޭ ކަމަށެވެ.

އޭގެތެރޭގައި ޕްލާސްޓަރިންގ،ޕުޓީގެ މަސައްކަތް، މުށި އަދި ސީލިންގ ކުރުމުގެ މަސައްކަތް ދަނީ ހިންގަމުން ކަމަށް އާބަންކޯ އިން ހާމަކުރެއެވެ.

Advertisement
HDC — Sidebar (box)

މީގެ އިތުރުން އާބަންކޯ އިން ބުނީ ދަ ގާރޑެންސްގެ މަސައްކަތް ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް