ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ޓަވަރުތަކުން ނުވިކި ހުރި ފްލެޓުތަކަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.
އެގޮތުން ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން ފްލެޓް އިޚްތިޔާރުކުރާ މީހުންނާއި ފްލެޓު ދޫކޮށްލުމަށް ނިންމާ މީހުންގެ އަދަދަށް ބަލާއިރު، ވިނަރެސްގެ ފްލެޓުތަކެއް ނުވިކި ހުންނާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.
އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް، ފްލެޓާ ގުޅުންހުރި މަރުހަލާތައް ނިމުމުން މާލީ ޤާބިލިއްޔަތުކަން ފުރިހަމަނުވާ ފަރާތްތަކާއި ފްލެޓް އިޚްތިޔާރު ކުރަން ހާޒިރުނުވާ މީހުންގެ ފޯމް ބާތިލުކުރާނެ ކަމަށް ވެސް އެ މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވެއެވެ.
ހައުސިން މިނިސްޓްރީން ބުނީ ބާކީވާ ފްލެޓުތައް ވިއްކަން ހުޅުވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން ފޯމް ހުށަހަޅަން ހުޅުވާލާނީ އަންނަ މަހުގެ ފަހެއްގައި ކަމަށާއި ފޯމް ހުށަހެޅެމުގެ އެންމެ ފަހު ތާރީހަކީ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
ހައުސިން މިނިސްޓްރީން ބުނީ ވިނަރެސް މަޝްރޫޢު އިން ފްލެޓު ގަތުމާއި ބެހޭ އިތުރު މައުލޫމާތު އާބަންކޯގެ ހޮޓްލައިން ނަންބަރު 1516އަށް ގުޅުމުން ލިބޭނެ ކަމަށެވެ.
ވިނަރެސް މަޝްރޫޢުގެ ފުލެޓުތަކުގެ ތިން ކޮޓަރީގެ 1،344 އެޕާޓްމެންޓުގެ ތެރެއިން ގާތްގަނޑަކަށް 1،000 ފުލެޓަށް ހުޅުވާލީ މާލޭގެ ރަށްވެހިންނަށެވެ.
އޭގެ އިތުރުން ގުޅިފަޅާއި ސީ ލައިފުން ފުލެޓް ގަތް މީހުންނަށާއި ހިޔާ ފްލެޓް ދޫކޮށްލި މީހުންނަށްވެސް ވިނަރެސް އިން ފްލެޓް ދީފައި ވެއެވެ. އަދި މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ މީހުންނަށްވެސް 100 ފްލެޓް އެ މަޝްރޫޢު އިން ހާއްސަކުރިއެވެ.
އާބަންކޯ އަކީ ހުޅުމާލޭގެ ބިން ތަށް ވަކި ކުންފުނިއަކަށް ނޫނީ ނުދޭން ވެގެން އެކުންފުނީހެ ރައުސްމާލު ބޮޑުވަންދެން ބިންތަށް އެހެން ކުންފުނިތަކަށް ނުދީ ހިފަހައްޓާލައިގެން ތިބެ ވިޔަފާރީގެ ވާދަވެރިކަން ގެއްލުވާލައިހެން ކޮރަޕްޓު ބައިގަޑެއް ކުންފުނީގެ މަތިފަޑީގައި ތިބެގެން ހިންގާ ކުންފުނިޔެއް !
ރައީސް ޔާމީންގެ ވެރިކަމުގައި އަލަތު ކައިވެންޏާއި އެކު ދޭން ބިނާކުރި ފްލެޓްސް އޮނިގަނޑު ނިންމާ ރައީސް އިބޫ އާއި އެތެރެ ނިންމަން ހަވާލު ކުރުމުން 5 އަހަރު ނިމިގެން ދިޔައިރު އެކަން ނުވިއޭ އެކަމަކު ދައުލަތުގެ ދަރަނި 850 ބިލިއަން ޑޮލަރު ހަމައެކަނި ރައީސް އިބޫގެ ވެރިކަމުގައި އަރުވާލާ އިންޑިއާ އަށް ރާއްޖެވިއްކާލިއޭ ރައްޔިތުންނަށް ކަމެއް ކޮށްދިނީ ރައީސް ޔާމީންގެ ވެރިކަމުގައޭ އޯއް ރައީސް ޔާމީން އައި މިސް ޔޫ މޯރ ދެން ލައިފް އައި މިސްޔޫ މޯރ ދެން ލައިފް އޯއް އައި މިސް ޔޫ މޯރ ދެން ލައިފް ޔުއަރ މެމޮރީ އިޒް އެކްސްޓެސީ…
މުއިއްޒު ވެރިކަމަށް އައިސް އަލަތު ކައިވެނި ފްލެޓް ދިނީމަ ދަރިންނާއެކު އެތަނަށް ވަނުމުގެ އިންތިޒާރުގައި އަދިވެސް މިތިބީ.