ޚަބަރު ރައްޔިތުންގެ މަޖިލިސް ސިޔާސީ

ރައީސް ނަޝީދު ރިޔާސަތުގައި އިންނަވައިގެން ޑރ. މުއިއްޒު ހުވާކޮށްފިނަމަ، އައު ކެބިނެޓަށް ބުނާނީ ނޫނެކޭ: އެމްޑީޕީ

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

އަންނަ އާދީއްތަ ދުވަހަށް އެޖެންޑާ ކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް، އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތުގެ ރިޔާސަތުގައި ރައީސް ނަޝީދު އިންނަވައިގެން ޑރ. މުއިއްޒު ހުވާކޮށްފިނަމަ، އައު ޖުމްހޫރިއްޔާގެ ކެބިނެޓަށް ރުހުން ނުދޭނެކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ބުނެފިއެވެ.

Ads by STELCO

ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތުން ވަކިކުރުމަށް އެމްޑީޕީން ވަނީ ތްރީލައިން ވިޕެއްވެސް ނެރެފައެވެ. އަދި އާދީއްތަ ދުވަހު މި މައްސަލަ އެޖެންޑާކޮށްފައިވާކަމަށް މެންބަރުންނަށް އަންގާފައިވާކަމަށްވެސް މަޢުލޫމާތުލިބިފައިވެއެވެ.

މި މައްސަލައާ ގުޅޭގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރ މުޙައްމަދު އަސްލަމް ވިދާޅުވީ، ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި އޮއްވާ، އެ މައްސަލައަށް ވަކި ގޮތެއް ނުނިންމައި ނޮވެންބަރު 17 ވަނަ ދުވަހު ޑރ. މުއިއްޒު ރާއްޖޭގެ ރައީސްކަމުގެ ހުވާ ކުރައްވައިފިނަމަ އެއީ ސައްޙަ ހުވައެއްކަމަށް ޤަބޫލުނުކުރައްވާނެ ކަމަށެވެ.

"ނޮވެންބަރު 17 ވަނަ ދުވަހު ރައީސުލްޖުމުހޫރިއްޔާ ކުރައްވާ ހުވާ، މިވޯޓު ނުނިންމާ ރިޔާސަތަކުން ނިންމާ ނިންމުމެއް، އަޅުގަޑުމެން އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕުގެ ފަރާތުން އެއީ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ހުވާކުރައްވައިގެން ހުރި ރައީސުލްޖުމުހޫރިއްޔާއެއް ކަމުގައި އަޅުގަނޑުމެން ނުބަލާނެ ވާހަކަ، އެގޮތަށް އަޅުގަޑުމެންނަށް މަޝްވަރާ ކުރެވިފަ އޮތީމަ އެވާހަކަ ދަންނަވާލީ."

މި ބައްދަލުވުމުގައި ވާހަކަ ދެއްކެވި ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒު ވިދާޅުވީ ރައީސް ނަޝީދުގެ މައްސަލަ ހުށަހަޅާފައިވާއިރު، މިހާރު ބާއްވާ ޖަލްސާތަކުގެ ރިޔާސަތުގައިވެސް ނަޝީދަށް އިންނެވޭނެކަމަށް ޤަބޫލުނުކުރައްވާކަމަށެވެ. އަދި މިގޮތަށް ކަންއޮވެ، ހުވާ ކުރާ ރަސްމިއްޔާތުގެ ރިޔާސަތުގައި ނަޝީދު އިންނަވައިފިނަމަ، ހުވާކުރާ ރަސްމިއްޔާތު ސައްޙަ ރަސްމިއްޔާތަކަށް ވެގެން ނުދާނެކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

އިތުރަށް ނާޝިޒް ވިދާޅުވީ ހުވާކުރާ ޖަލްސާގައި އެގޮތަށް ކަންތައް ވެއްޖެނަމަ، އައު ސަރުކާރުގެ ކެބިނެޓަށް އެމްޑީޕީން ރުހުން ނުދޭނެކަމަށެވެ.

"އެޖަލްސާއިން އެކަން އެހެން ކަން ކުރައްވައިފިނަމަ، އެރައީސުލްޖުމުހުރިއްޔާ ފޮނުއްވާ ކެބިނެޓަށް ކަނޑައެޅިގެން ހަމަ ނޯ ޖަހާނީ އިނގޭތޯ."

މަޖިލީހުގެ ރިޔާސަތުން ރައީސް ނަޝީދު ދުރުކުރުމަށް ކުރަމުންދާ މަސައްކަތަށް އެމަނިކުފާނު ހުރަސް އަޅުއްވަމުން ގެންދާކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

Ads by Allied Insurance
  1. އަލިފުޅު

    އަސްލަމާއި ރޮޒައިނާއި ދެމީހުން ވެގެންނަސީދު ރޮލާކާލާފަ އެށްފަހަރާ ދެމީހުންއެކުގަ މަޖިލީހުގެ ރައީސްކަމައް ހުވާކުރަން ވީނޫންތޯ

  2. ރަގަޅު

  3. ދަންޑަހެލު

    މި މީހުން ނުހޮވުނީމަ ހަޖަމް ނުވެގެން މިއުޅެނިީ