މަމްސް އެއިޑްގެ ފަރާތުން ފަލަސްތީނަށް 95،000 އަށް ވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފި

ޔަހޫދީ އިޒްރޭލުން ފަލަސްތީނަށް ދެމުން އަންނަ ލާއިންސާނީ ޙަމަލާތަކާ ގުޅިގެން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި މަމްސް ޖަމިއްޔާ އިން އިސްނަގައިގެން ބޭއްވި ފަންޑް ރައިޒިން ހަރަކާތަށް ލިބުނު 95،000 އަށް ވުރެ ގިނަ ރުފިޔާ އިންޓަނޭޝަނަލް އެއިޑް ކެންޕެއިން (އޭއައިސީ) އަށް ޙަވާލުކޮށްފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ހުޅުމާލޭގައި ބޭއްވި މި ހަރަކާތުގައި ޢާންމުގެ އެކި މީހުންގެ ފަރާތުން ހަދިޔާކޮށްފައިވާ ތަކެތި ވަނީ ޖަމްބަލް ސޭލްގައި ވިއްކާފައެވެ. އޭގެ ތެރޭގައި ހެދުމާއި، ފޮތާއި، ކުޑަކުދިންގެ ކުޅޭ ސާމާނު ހިމެނެއެވެ. މީގެ އިތުރުން ކާބޯތަކެތި ވިއްކާ ސްޓޯލްތަކާއި ކުޑަކުދިން ކުޅިވަރު ކުޅުމަށް ޚާއްސަކޮށް ފޭސް ޕެއިންޓިންނާއި ހީނާފަތް އެޅުމުގެ ހަރަކާތްތަކެއް ހިންގާފައިވެއެވެ.
[caption id="attachment_201892" align="alignnone" width="1024"]<img class="wp-image-201892 size-full" src="https://cdn.dhen.mv/wp-content/uploads/2023/10/IMG_7959.jpg" alt="" width="1024" height="683" /> މަމްސް ޖަމިއްޔާއިން އިންތިޒާމްކޮށްގެން ބޭއްވި ފަންޑް ރައިސިންގ ހަރަކާތުގެ ތެރެއިން ވިއްކަން ހުރި ފޮތްތަކެއް، ފޮޓޯ: އާބަންކޯ[/caption]
ހުޅުމާލެ ރުއްގަނޑު ސަރަޙައްދުގައި ބޭއްވި މި ހަރަކާތުގައި މެންދުރުފަހު 2:00 ން ހަވީރު 6:00 އާ ދެމެދު 98،333.37 ރުފިޔާ އަދި 213 ޔޫއެސް ޑޮލަރު ލިބިފައިވާކަމަށް އެ ޖަމިއްޔާއިން ވަނީ މަޢުލޫމާތުދީފައެވެ.
[caption id="attachment_201895" align="aligncenter" width="819"]<img class="wp-image-201895 size-large" src="https://cdn.dhen.mv/wp-content/uploads/2023/10/IMG_7956-819x1024.jpg" alt="" width="819" height="1024" /> މަމްސް ޖަމިއްޔާއިން އިންތިޒާމްކޮށްގެން ބޭއްވި ފަންޑް ރައިސިންގ ހަރަކާތުގެ ތެރެއިން ލިބުނު ފައިސާ އޭއިސީއަށް ވަނީ ޙަވާލުކުރެވިފައި، ފޮޓޯ: މަމްސް އެއިޑް[/caption]
މި ހަރަކާތުން ލިބިފައިވާ ހުރިހާ ފައިސާއެއް އިންޓަނޭޝަނަލް އެއިޑް ކެންޕެއިންއަށް ޙަވާލުކުރެވިފައިވާކަމަށްވެސް މަމްސް ޖަމިއްޔާއިން މަޢުލޫމާތުދީފައިވެއެވެ.
މަމްސް ޖަމިއްޔާއިން ބޭއްވި މި ހަރަކާތުގެ ހޯސްޓިންގ ޕާޓްނާރ އަކީ އާބަންކޯއެވެ.






ކޮމެންޓް