ޚަބަރު ސިޔާސީ

ޑރ. މުޢިއްޒު ހުވާ ކުރުން ހުއްޓުވާނެ ކަމަށް ބުނުމަކީ ވަރަށް ނާތަހުޒީބު ކަމެއް: އަމްރު 

ރައުފާ ރަޝީދު ، ދެން އޮންލައިން

އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުވާ ކުރުން ހުއްޓުވާނެ ކަމަށް ބުނުމަކީ ވަރަށް ނާތަހުޒީބު ކަމެއް ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ, ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމުން އެ މަނިކުފާނު ވަކި ކުރުމަށް އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް، އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ހުވާކުރައްވައިފިނަމަ އެ ހުވާ ގަބޫލު ނުކުރާނެ ކަމަށް ސަރުކާރު ހިންގާ މައި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން އިއްޔެ ވިދާޅުވުމާއި ގުޅިގެންނެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ވިދާޅުވެފައިވަނީ އަންނަ އާދީއްތަ ދުވަހަށް އެޖެންޑާ ކޮށްފައިވާ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް، އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތުގެ ރިޔާސަތުގައި ރައީސް ނަޝީދު އިންނަވައިގެން ޑރ. މުއިއްޒު ހުވާކޮށްފިނަމަ، އައު ޖުމްހޫރިއްޔާގެ ކެބިނެޓަށް ރުހުން ނުދޭނެކަމަށެވެ.

މިކަމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަިއ އަމްރު ވިދާޅުވީ މަޖިލިހުގަ ދިމާވެގެން އުޅޭ ދެބަަސްވުމެއްގައި ރައްޔިތުން ހޮވާފަ ހުރި މީހާ ރައީސްކަމުގެ ހުވާކުރުން ހުއްޓުވާނެ ކަމަށް މެންބަރުން ގިނަ ޕާޓީއިން ބުނުމާ ކެބިނެޓަށް ރުހުން ނުދޭނެ ކަމަށް ބުނުމަކީ ވަރަށް ނާތަހުޒީބު ކަމެއް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލިހަކީ ދެބަސްވުމާ، މަޝްވަރާއާ ހައްލު ހޯދާތަން ކަމަށާއި އެކަމުގެ ތެރެއަށް ހުވާކުރަން ތައްޔާރުވެފަ ހުރި ރައީސްއާ ރައްޔިތުން ނުވައްދުމަށް އަމަރު ވަނީ އިލްތިމާސްކޮށްފައެވެ.

Ads by Allied Insurance
  1. ޒަވިޔަނި

    ބަލަ މުއީޒުގެ ހުވާލޫޓުވާކަށް ނޫޅެ މިއުޅެނީ ނަސީދު ވަކިކުރަން ލާދީނީބާގަނޑު ދެނެހާދަ ލޯތްބެކޭމިވަނީ ޕީޕީއެމް ހަހަހަ

    • ފަރީދު

      ކާކ ލާދީނ ނުވަނީ ތިހެންގޮވަން އެހެން ބުނެވޭތަ ފުރިހަމަ މުސްލިމަކަށްވެހުރެ