ޚަބަރު ޝަރުޢީ ދާއިރާ

ރައީސް ނަޝީދު މަޤާމުން ވަކިކުރަން އެއްވެސް ފުރުސަތެއް ނުދޭނަން: އާޒިމް

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން ހުށަހަޅާފައި އޮތް ހުށަހެޅުން ބަލައިގަނެގެން ވަކިކުރެވޭނެ އެއްވެސް ފުރުސަތެއް ނުދޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

Ads by MWSC

ޑިމޮކްރެޓްސްއިން މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އާޒިމް ވިދާޅުވީ އެމްޑީޕީ އެހެން އުޅެގެން އަނެއްކާވެސް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހޭނެ ކަމަށާއި ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައަކީ "ކުޅޭކުޅޭ" މައްސަލައަކަށް އެމްޑީޕީން ހަދައިފިކަމަށެވެ.

އެހެންކަމުން އެމްޑީޕީ ބޭނުންހާގޮތަކަށް އުޅެން ފުރުޞަތު ނުދެއްވާނެކަމަށާއި މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބުން އެމްޑީޕީ ބަލިވެފައިވާއިރު، ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދައިގެން އަނެއްކާވެސް އެ ޕާޓީ "ބޮޑުތަނުން ބަލިވާނެ" ކަމަށް އާޒިމް ވިދާޅުވި އެވެ.

"އަނެއްކާވެސް އެމްޑީޕީ ތި ދަނީ ބަލިވާންށޭ، ބޮޑުތަނުން ބަލިވާންށޭ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ރައްޔިތުންގެ މަޖިލީހުގައި ތިބެގެން، މަޖިލީހުގެ ރައީސް ވަކިކުރަން ހުށަހަޅާފައި އޮތް ހުށަހެޅުން ބަލައިގަނެގެން ވަކިކުރެވޭނެ އެއްވެސް ގޮތެއް، އެ ފުރުސަތެއް ނުދޭނަމޭ" އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގައި އުފެދުނު އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ އެމްޑީޕީ މިދިޔަ ފަސް އަހަރުގެ ތެރޭގައި ފުނޑުފުނޑުވެފައިވާކަން ފާހަގަކުރައްވަމުން އާޒިމް ވިދާޅުވީ ދައުލަތުގެ ހުރިހާ ބާރެއް ލިބިގެން ވެސް އެ ޕާޓީއަށް އެއްވެސް ނަތީޖާއެއް ނުނެރެވުނުކަމަށާއި އަދި ރައްޔިތުންގެ ކުރިމަތީގައި ފެއިލްވެއްޖެކަމަށެވެ. އަދި އެހެން އެވީ ރައީސް ޞާލިޙުގެ ނާގާބިލު ކަމުން ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

"ނަޝީދު ވަކިކުރަން ވެސް އުޅެނީ، ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރިމަތިލައްވަން ޖެހުނު ބޮޑު ނާކާމިޔާބީ އަށް ފަހު އެމަނިކުފާނުގެ "ހިތަށް ތަސައްލީއެއް ގެނެސްދިނުމަށްޓަކައި" ... އަޅުގަނޑުގެ ކުރީގެ ކޮލީގުން، އެމްޑީޕީގެ މެމްބަރުންނަށް ދަންނަވާލަން ބޭނުންވަނީ ރިޔާސީ އިންތިހާބަކުން ބަލިވުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ޖެހޭ ސަބަބެއް ނޫނޭ. އެހެން ކަމަށް ވަންޏާ މި ކަހަލަ ވާދަވެރި އިންތިހާބުތަކުގައި ރައީސް ވާދަނުކުރައްވާ،" އާޒިމް ވިދާޅުވި އެވެ.

އެމްޑީޕީގެ ކުރީގެ ރައީީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ފަރާތުން މަޖިލީހަށް ވެއްދީ 49 މެމްބަރުންގެ ސޮޔާއެކުއެވެ.

ރައީސް ނަޝީދު ވަކި ކުރުމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހަށް އެޖެންޑާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ވަނީ ނިންމައިފައެވެ.

އެމްޑީޕީން ވަނީ މި މައްސަލަ ނުނިންމާ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ދެން ނުކުރާނެ ކަމަށް ބުނެފައެވެ.

Ads by Ooredoo
  1. ދިވެހި ޒުވާނުން

    އީވާ ރިޔާސަތާއި ހަވާލު ނުވެއްޖިއްޔާ އެތާ އިން އެހެންމީހަކު ރިޔާސަތާ ހަވާލުވެ ތިކަން ކޮށް ނިންމާނެ ބާކީވެގަންނަ މީހުން ބާކީކޮށްފަ މީ ފަހު ގޮތް އެއްޗެއްގަ ލިޔެފަ ނެތަސް އޮތަސް މި ފުރުސަތު ނަގާނެ އެމްޑީޕީ އިން

  2. ބަންދުކުރޭ

    ބައްސާމް އެއީ ބޮޑުވަގެކޭ އެއީ ދުވަހަކު ވެސް ފުޓް ބޯޅަ ކުޅުނު ރުނޑިއެއް ނޫނޭ ދެން އޭނާ ނުޖެހޭނެއޭ އެފްއޭއެމްގެ ރައީސް ކަމުގައި ބަހައްޓަން އެފްއޭއެމް ބަންދުކުރޭ ބޮޑުތަޅު އަޅުވާ ރައްުޔިތުން ނިކުމެ އެފްއޭއެެމް ބަންދުކުރޭ އެފްއޭއެެމް ބަންދުކުރޭ އެފްއޭއެެމް ބަންދުކުރޭ އެފްއޭއެެމް ބަންދުކުރޭ އެފްއޭއެެމް ބަންދުކުރޭ އެފްއޭއެެމް ބަންދުކުރޭ އެފްއޭއެެމް ބަންދުކުރޭ އެފްއޭއެެމް ބަންދުކުރޭ އެފްއޭއެެމް ބަންދުކުރޭ އެފްއޭއެެމް ބަންދުކުރޭ އެފްއޭއެެމް ބަންދުކުރޭ އެފްއޭއެެމް ބަންދުކުރޭ އެފްއޭއެެމް ބަންދުކުރޭ އެފްއޭއެެމް ބަންދުކުރޭ އެފްއޭއެެމް ބަންދުކުރޭ އެފްއޭއެެމް ބަންދުކުރޭ އެފްއޭއެެމް ބަންދުކުރޭ އެފްއޭއެެމް ބަންދުކުރޭ އެފްއޭއެެމް ބަންދުކުރޭ އެފްއޭއެެމް ބަންދުކުރޭ އެފްއޭއެެމް ބަންދުކުރޭ އެފްއޭއެެމް ބަންދުކުރޭ އެފްއޭއެެމް ބަންދުކުރޭ އެފްއޭއެެމް ބަންދުކުރޭ އެފްއޭއެެމް ބަންދުކުރޭ އެފްއޭއެެމް ބަންދުކުރޭ އެފްއޭއެެމް ބަންދުކުރޭ

  3. ޖައްސާތި

    އެމްޑީޕީ އަކީ އެއީ އަދު މަޖްލީހުގެ ބޮޑުޕާރޓީ އީވާ މަކަރާއި ހީލަތުން ބަލިވީ ކަމަށްހަދާ އަންނަ އާދީއްތަ ދުވަހު ޖަލްސާ ނުބާއްވައިފިނަމަ އަންނަ ހަފްތާ އަކު ކޮންމެ ދުވަހަކަށް މަޖްލީސް އެޖެންޑާ ކޮށް ހަދާ އީވާ ބަދަލުގައި އެތަނަށް ލާން ޖެހޭ މެމްބަރަކު ލައިގެން މަޖްލީހުގެ ރައީސް ކަމުން އަންނި ނަގާ އެއްލާލަން މަމެން ބޭނުންވެއޭ ބަދަލުހިފަން އޭނާގެ ކިބައިން އޭނާ ޔާންޓޭ އަށް 555 ބެޓްރީ އެއް މަޖްލީހުގެ މެމްބަރުންނަށް ދައްކާ ހުކުމެއް ކުރުމުން ޓިޓް ފޯރ ޓެޓް ޔާންޓޭ ވެސް ވަނީ މިކަން ކުރަން ޖެހޭނެ ކަމަށް ބުނެފައޭ ޖެހޭނެއޭ ކެނެރީގެ ނަޝީދު މަޖްލީހުގެ ރައީސް ކަމުން އޮބާބާއްވާފައި ނަމަވެސް މިފަހަރު އެއްލާލަން މިގޮތަށް މިކަން ކޮށްފިނަމަ އަންނަ މަޖްލީހުގެ އިންތިޚާބުގައި ހަމަހަމަ ވާނެ އުސޫލުން މަޖްލީހުގެ މެމްބަރުން އެމްޑީޕީ އަށް ލިބޭނެ އުސޫލުން މަމެން ޕިންކީން އެމްޑީޕީ އަށް ކެމްޕެއިން ކޮށްދޭނަމަ އަދި ފަންޑް ވެސް ކޮށްދޭނަމޭ އަދި އިތުރުން ޕީއެންސީ ވެސް ބޮޑު ނުވާނެ އުސޫލުންނޭ ޕީޕީއެމްގެ ރޭވުން ތައް ހުންނާނީ ކުރިއަށް އޮތް ތަނުގައި މިކަން ކުރަން ފުރަތަމަ ވެސް އެމްޑީޕީ އަށް މަޖްލީހުގެ ގިނަ ގޮނޑި ދިނުން އެއީ މަމެން ބޭނުންވާ ކަމެކޭ ސަބަބަކީ ޕީޕީއެމް އަށް މާބޮޑަށް ގިނަ ގޮނޑި ލިބިއްޖެނަމަ ވެސް މުއިއްޒު ފައިސާ ދީފައި އެމެން ގަނެލާނެއޭ އެކަން ވެސް މަމެންގެ ވިސްނުމުގައި އެބަހުއްޓޭ އެމްޑީޕީ ޖައްސާށޭ މިފަހަރު ކެނެރީގެ ނަޝީދު މަޖްލީހުގެ ރައީސް ކަމުން ނަގާ އެއްލާލަން މަމެންގެ ފުރިހަމަ ތާއީދު އެބައޮތޭ އެމްޑީޕީ އަށް މަމެން ޖެއްސުމުން ދެން މިރާއްޖޭގެ ކަނޑަކު ނެތޭ މަމެން ފަހާލެވޭ ވަރަށް ކެމްޕެއިން ކުރެވޭނެ ޓީމެއް ޚާއްސަ ކޮށް މީހުންގެ ސިކުނޑި ތަކާއި ކުޅެލާނެ ގޮތް މަމެން ވަނީ މިދިޔަ ފަސްއަހަރު ކޮގްނިޓިވް ސައެންސްގެ އެހީގައި ދަސްކޮށްފައޭ ޔަންގް ބްލަޑް ތިންކް ދޭ ނޯ ބެޓަރ ބަޓް ވީ ފައުންޑް ދޭއާރ ނަތިންގް ޖަސްޓް ނަތިންގް…

  4. އެއްލާލާތި

    ރައްޔިތުން ހަނާވަނީއޭ އަންނި އަޑީގައި ހުރެގެން ތިމާވެށީގެ އަލިފުބާ ވެސް އޭނާ އަށް ނޭގޭއިރު އޭނާ ތިމާވެއްޓޭ ކިޔާ ކޮތަޅު ޓެކްސް ގެ ގޮތުގައި ކޮންމެ ކޮތަޅަކުން 20 ރުފިޔާ ނަގަމުންދާއިރު އެކަން އެމްޑީޕީގައި ތިބި ރައްޔިތުން ދެކެ އިންތިހާ އަށް ލޯބިވާ މެމްބަރުން ކޮތަޅު ޓެކްސް އެއްކޮށް އުވާލަން ގާނޫނަށް އިސްލާހެއް ހުށައެޅުމުން އެކަން ވެސް ނުވެ އޮތީ މަޖްލީހުގެ ރައީސް ކަމުގައި އަންނި ހުރުމުންނޭ ރައްޔިތުންނަށް ފައިދާ ވާން އޮތީ އޭނާ އެއްފަރާތްކޮށްގެންނޭ އަންނި ނަގާ ހޫރާލާ މަޖްލީހުގެ ރައީސް ކަމުން ހޫރާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ

  5. ޖައްސާތި

    މަޖްލީހުގެ ރައީސް ކަމުން މިފަހަރު ރައީސް އިބޫ ވެރިކަމުން ފޭބުމުގެ ކުރިން ވަކިކުރުން އެއީ ރައީސް އިބޫ އަކީ ގަޓް ރައީސެއް ކަން ދައްކާދޭނެ އަލިގަދަ ދަލީލު ތަކޭ އެއިރުން އިންޑިއާ އާއި އެމެރިކާ ވެސް ވަރަށް ބިރުގަންނާނެއޭ ރައީސް އިބޫ ދެކެ މިފަހަރު ޖެހޭނެއޭ ހަނު ތޫނު ކޮށްގެން އަންނި މަޖްލީހުގެ ރައީސް ކަމުން ނަގާ އެއްލާލަން އެއްގޮތް ނެތިއްޔާ އަނެއް ގޮތުން ވެސް މަޖްލީހުގެ ޖަލްސާ އެއް ބާއްވާ މިމަސް ނިމުމުގެ ކުރިން މިކަން ނިންމަން ޖެހޭނެއޭ ހަނދާންކުރާތި އިބޫ ފަހަތަށް ނުޖެހޭތި ހަނދާންކުރާތި އިބޫ ފަހަތަށް ނުޖެހޭތި ހަނދާންކުރާތި އިބޫ ފަހަތަށް ނުޖެހޭތި ހަނދާންކުރާތި އިބޫ ފަހަތަށް ނުޖެހޭތި ހަނދާންކުރާތި އިބޫ ފަހަތަށް ނުޖެހޭތި ހަނދާންކުރާތި އިބޫ ފަހަތަށް ނުޖެހޭތި ހަނދާންކުރާތި އިބޫ ފަހަތަށް ނުޖެހޭތި ހަނދާންކުރާތި އިބޫ ފަހަތަށް ނުޖެހޭތި ހަނދާންކުރާތި އިބޫ ފަހަތަށް ނުޖެހޭތި ހަނދާންކުރާތި އިބޫ ފަހަތަށް ނުޖެހޭތި

  6. އަބްދޫ

    . ގާނޫނުއަސާސީގެ 82 ގެ ހާ އާއި 294 ގެ ށަވިޔަނީ ގައިވާ ގޮތުގެ މަތީން ރައިސާއި ނާއިބުރައީސަކު ނެތް ކަމަށް ބަލާ މިހާރު މެދު ނުކެނޑި އެންމެ ގިނަ ދުވަހު މަޖިލީސްމެމްބަރަކަށް ހުރި ސަން ސިޔާމް ރިޔާސަތަށް އަރުވާ ވޯޓް ނަގާ ނިންމާލާ.ތިޔައީ އެއްވެސް ކަމެއްނޫން ދެން ދަނޑި މީހުން ހަޅޭއަލަވާފަ ދަނދި ދަމަން ތިބެދާނެ ނޫން.