އައްޑޫ ސިޓީގައި ޔޮޓު މެރީނާއަކާއި ޓޫރިސްޓު ހޮޓަލެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފި

އައްޑޫ އަތޮޅު ފޭދޫގައި ޔޮޓު މެރީނާއަކާއި، ކުރޫޒް ޓާމިނަލަކާއި 150 އެނދުގެ ޓޫރިސްޓު ހޮޓަލެއް އެޅުމަށް ޗެއިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (އައިސީއެމްޕީއެލް)އާ ހަވާލުކޮށްފިއެވެ.
އިއްޔެ އައްޑޫ ސިޓީ ކައުންސިލްގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، މި މަޝްރޫއަކީ 2 އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް (އައިސީއެމްޕީއެލް)އާ ހަވާލުކުރި މަޝްރޫއެއްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
https://twitter.com/AdduCityCouncil/status/1717388653402747250?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1717388653402747250%7Ctwgr%5Eb5b5e369919560029e5261810b0830023b478bde%7Ctwcon%5Es1_&ref_url=https%3A%2F%2Fsun.mv%2F183764
350 މިލިއަން ޑޮލަރުގެ މި މަޝްރޫއުގެ ސަބަބުން އައްޑޫ ސިޓީގެ އިޤްތިޞާދަށް ބޮޑެތި ކުރިއެރުންތައް ލިބިގެންދާނެކަމަށް ބެލެވެއެވެ.
މި މަޝްރޫއުގެ ދަށުން ތަރައްޤީކުރާ ޔޮޓު މެރީނާއާއި ކުރޫޒް ޓާމިނަލާއި 150 އެނދުގެ ޓޫރިސްޓު ހޮޓަލް އެޅުމަށް ނިންމާފައިވަނީ ފޭދޫގެ ކުރީގެ ރަސްމީ ބޯޅަދަނޑު ސަރަހައްދުގައިކަމަށް އައްޑޫ ސިޓީގެ ލޭންޑް ޔޫސް ޕްލޭނުގައިވެއެވެ.






ކޮމެންޓް