ޚަބަރު ޝަރުޢީ ދާއިރާ

ޙުކުމް ކުރައްވާއިރު، ތަފާތު ކުރުމެއް ނެތި ޙުކުމް ކުރައްވާ: އުއްތަމަ ފަނޑިޔާރު

ޙައްވާ އިނާޝާ ، ދެން އޮންލައިން

ޙުކުމް ކުރައްވާއިރު، ތަފާތު ކުރުމެއް ނެތި ޙުކުމް ކުރެއްވުމަށް، ރާއްޖޭގެ އެންމެހާ ފަނޑިޔާރުންނަށް، އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން އިލްތިމާސް ކުރައްވައިފިއެވެ.

Ads by Hajj Corporation

އުއްތަމަ ފަނޑިޔާރު މިކަމަށް އިލްތިމާސް ކުރެއްވީ އއ. ހިމަންދޫ މެޖިސްޓްރޭޓް ކޯޓުގެ އައު ޢިމާރާތް ރަސްމީކޮށް ހުޅުއްވާދެއްވާ މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޢަދުލު އިންސާފު ހޯދާދިނުމުގައި ފަނޑިޔާރުން ކުރައްވަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކަމަށެވެ.

ފަނޑިޔާރުން ޙުކުމް ކުރައްވަނީ އަމިއްލަ ވިސްނުންފުޅަށް ނޫންކަމަށާއި ޙުކުމް ކުރައްވަނީ ރާއްޖޭގެ ޤާނޫނު އަސާސީއަށް ރިޢާޔަތް ކުރައްވާ އެންމެ އިންސާފުވެރި ގޮތަށް ކަމަށް އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާއިޝަތު

ރިޒްނާ ވިދާޅުވީ އައު ޢިމާރާތާއިއެކު، އަދުލު އިންސާފަށް ފަސޭހައިން ވާސިލްވެވޭނެ މަގު ތަނަވަސް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ހާމަކުރާ ގޮތުގައި އަލަށް ޢިމާރާތްކުރި ކޯޓު ޢިމާރާތަކީ ޝަރީޢަތްތައް ހިންގުމަށް ބޭނުންވާނެ ޖާގައާއި ވަސީލަތްތައް ހިމެނޭ ތަނެއް ކަމަށެވެ.  މިގޮތުން އައު ޢިމާރާތުގައި ޝަރުޢީ ލިޔެކިޔުންތައް އަރުޝީފް ކުރާނެ ޖާގައަކާއި، ޢާންމުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ފަސޭހަވާނެހެން ރިސެޕްޝަން އޭރިއާއެއްގެ އިތުރުން، ވެއިޓިންގ އޭރިއާއެއް ހިމެނޭ ކަމަށްވެސް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވެއެވެ.

Ads by Ooredoo
  1. އަޒްރާ

    މަ ހަމަ ހިނިއަންނަނީ މިފަނޑިޔާރު މިކިޔާ ވާހަކައަކުން ؟؟؟

  2. ތިޔަތާ އެތެރޭގައި އޮތީ ކަރަޕްޝަން ހާއްސަކޮށް ޑީޖޭ އެއީ ކޮރަޕްޓު ތަނެއް ޢިމާރާތް ކުރުމުގައި ޕުރަޖެކްޓު ހިންގުމުގައި މާބޮޑަށްވެސް ކޮރަޕްޓު ވެފައިވާކަން ފާހަގަވޭ !