Thursday, 5 November 2026
Advertisement
Allied Insurance (leaderboard)
ދުނިޔެ

ސްޓާލިންކުން ޣައްޒާއަށް އިންޓަނެޓް ފޯރުކޮށްދިނުން ހުއްޓުވާނަން: އިސްރާއީލް

ސްޓާލިންކުން ޣައްޒާއަށް އިންޓަނެޓް ފޯރުކޮށްދިނުން ހުއްޓުވާނަން: އިސްރާއީލް

ބިލިއަނަރު އީލޯން މަސްކުގެ އިންޓަނެޓް ސްޓާލިންކްގު ޚިދުމަތް ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް ފޯރުކޮށްދިނުން ހުއްޓުވާނެކަމަށް އިސްރާއީލުގެ މުވާސަލާތާބެހޭ ވަޒީރު ޝިއޮމޯ ކަހަޣާއީ ބުނެފިއެވެ.

ކަހަޣާއީ ވަނީ އިސްރާއީލުގެ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެންވެސް މި ނިންމުން ހުއްޓާނެ ކަމަށް ބުނެފައެވެ.

އަދި ޣައްޒާއަށް ސްޓާލިންކުގެ ޚިދުމަތް ފޯރުކޮށްދީފިނަމަ މަސްކާއި އިސްރާއީލާ ދެމެދު އޮންނަ ގުޅުން ކަނޑާލާނެކަމަށްވެސް ކަހަޣާއީ ބުނި އަނަދޮލޫ އޭޖެންސީ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

Advertisement
Allied Insurance — Square (box)

އެކްސްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި މަސްކު ވިދާޅުވީ ޣައްޒާގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އިދާރާތަކަށް ސްޓާލިންކް އިންޓަނެޓް ދޭން ނިންމާފައިވާކަމަށެވެ.

https://twitter.com/elonmusk/status/1718216559087288602?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1718216559087288602%7Ctwgr%5Ea9d6ec3bebd9ff94573687491d3b8472f522be0c%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.reuters.com%2Fworld%2Fmiddle-east%2Fmusk-says-starlink-provide-connectivity-gaza-through-aid-organizations-2023-10-28%2F

އިސްރާއީލުން ދިން ޙަމާލާތަކުގައ ޣައްޒާގެ މުވާސަލާތީ ޚިދުމަތްތަކާއި އިންޓަނެޓުގެ ޚިދުމަތް ވަނީ އެއްކޮށް ކަނޑާލާފައެވެ. އަދި މުޅި ޣައްޒާ ވަނީ ކަނު އަނދިރިކަމެއްގައެވެ.

މަސްކު ވަނީ ޣައްޒާއަށް އިންޓަނެޓުގެ ޚިދުމަތްދޭން ނިންމީ އިންސާނިއްޔަތައްޓަކައި ކަމަށާއި، ސްޓާލިންކް އިންޓަނެޓް ޓާމިނަލްތަކުން ގުޅުން ފޯރުކޮށްދޭނީ ބައިނަލްއަގްވާމީ ގޮތުން ބަލައިގެންފައިވާ ޖަމާއަތްތަކަށް އެކަނި ކަމަށެވެ.

https://twitter.com/elonmusk/status/1718225344568668417

ޣައްޒާއަށް ސްޓާލިންކުގެ ޚިދުމަތް ފޯރުކޮށްދޭނެކަމަށް މަސްކު ވިދާޅުވުމުން ކަހަޣާއީ ވަނީ "ހަމާސް އިން އެ ޚިދުމަތް ބޭނުންކުރާނީ ޓެރަރިސްޓު ހަމަލާތަކަށް ކަމަށް" ބުނެފައެވެ.

 

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް