ޚަބަރު އިޖުތިމާޢީ

އެމް.ޕީ.އެލުން ޣައްޒާ އަށް 565،000 ރުފިޔާ ހަދިޔާކޮށްފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އިން ޔަހޫދީ އިޒްރޭލުން ދެމުން އަންނަ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ޣައްޒާގެ މުސްލިމުންނަށް އެހީ ވުމަށް 565،000 ރުފިޔާ ހަދިޔާކޮށްފިއެވެ.

Ads by STELCO

މިކަން ހާމަކޮށް އެމްޕީއެލުން މިއަދު ބުނީ ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަލަސްޠީނުގެ ލޮބުވެތި ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން، އެ ކުންފުނީގެ ފަރާތުން ފަލަސްޠީނަށް އެހީވުމަށް ހިންގާ ދެ ފަންޑަކަށް ޖުމްލަ 565،000 ރުފިޔާ ހަދިޔާކޮށްފައިވާ ކަމަށެވެ.

އެގޮތުން މިއީ އެމް.ޕީ.އެލްގެ ފަރާތުން ހަދިޔާކުރި ފައިސާ އާއި އެމް.ޕީ.އެލްގެ މުވައްޒަފުންގެ ފަރާތުން އެހީވުމަށް ހަދިޔާކުރި ފައިސާ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

އެމްޕީއެލުން ބުނީ މި ފައިސާ ހަދިޔާކޮށްފައި ވަނީ މޯލްޑިވްސް ރެޑް ކްރެސެންޓް (އެމް.އާރް.ސީ) އިން ހިންގާ "ފަލަސްތީން ރިލީފް ފަންޑް" އާއި އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން (އައި.އޭ.ސީ) އިން ހިންގާ "ގާޒާ އެމަރޖެންސީ ރިލީފް" ފަންޑަށް ކަމަށެވެ.

މީގެ އިތުރުން ފަލަސްޠީނަށް އެހީވުމުގެ ގޮތުން އެމް.ޕީ.އެލްގެ އެކި ސަރަޙައްދުތަކުގައި ފަންޑް ފޮށިތައް ބެހެއްޓުމަށް ވެސް ނިންމާފައިވާ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

އެމްޕީއެލުން ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް އިތުރު އެހީ ހޯދުމަށް ރާއްޖޭގައި ހިންގަމުންދާ އެކި ހަރަކާތްތަކަށް އެ ކުންފުންޏާއި ކުންފުނީގެ މުވައްޒަފުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެ ކަމުގެ ޔަޤީންކަން އަރުވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!