ޚަބަރު ސިޔާސީ

މިއަދު އޮންނަ ޖަލްސާގައި ބަޖެޓް ހުށަނާޅަން ފިނޭންސް މިނިސްޓަރު ނިންމައިފި

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

މިއަދު ރައްޔިތުންގެ މަޖިލީހުގައި އޮންނަ ޖަލްސާއަށް އެޖެންޑާކުރި ބަޖެޓް ހުށަހެޅުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަޑައިނުގަންނަވަން ނިންމައިފިއެވެ.

Ads by Sosun Fihaara

މަޢުލޫމާތުލިބިފައިވާގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި އޮއްވާ، އިތުރު މަސައްކަތެއް ކުރުމަށް މަޖިލީހުން އެޖެންޑާ ނުކުރެވޭނެކަމަށް ބަންޑާރަނައިބުވެސް ވަނީ ލަފާދެއްވާފައެވެ. އެހެންކަމުން މިއަދުގެ ޖަލްސާގައި ބަޖެޓް ހުށަނޭޅުމަށް މިނިސްޓަރ އަމީރު ވަނީ ނިންމާފައެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކުރި ދެ ދުވަހުވެސް މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ، ދެ ދުވަހުގައިވެސް އެ މައްސަލަ ވަނީ ކުރިއަށް ގެންދެވޭގޮތް ނުވެފައެވެ. އަދި މިއަދުގެ ޖަލްސާއަށް ބަޖެޓުގެ ބަހުސްކުރުމަށް އެޖެންޑާކޮށްފައިވަނީ މިހެންވެކަމަށް މަޖިލީހުން ވަނީ ވިދާޅުވެފައެވެ.

ކަންމިހެން އޮތްނަމަވެސް، ރައީސް ނަޝީދުގެ މައްސަލައަށް ވަކި ގޮތެއް ނުނިންމައި ބަޖެޓުގެ މަސައްކަތައް އެއްބާރުލުން ނުދެއްވާނެކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު މުޙައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.

ސާޅީސްނުވަ މެންބަރުންގެ ސޮޔާއެކު ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާއިރު، އެމްޑީޕީން ވަނީ ރައީސް ނަޝީދު ރިޔާސަތުގައި އިންނަވައިގެން އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ހުވާކޮށްފިނަމަ، އެ މަނިކުފާނު ކުރައްވާ ހުވާ ސައްޙަ ނުވާނެކަމަށާއި އެމަނިކުފާނުގެ ކެބިނެޓަށް ރުހުން ނުދޭނެކަމަށް ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!