ޚަބަރު ސިޔާސީ

ޑިމޮކްރެޓްސްގެ ރައީސް ކަމަށް އަމްރު ކުރިމަތިލައްވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ދަ ޑިމޮކްރެޓްސް ޕާޓީގެ ރައީސް ކަމުގެ މަޤާމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ, ހުސެއިން އަމްރު ކުރިމަތިލައްވައިފިއެވެ.

Ads by STELCO

“އެކްސް”ގައި އަމްރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑިމޮކްރެޓްސްގެ ކަމަށް ކުރިމަތިލާން ނިންމާފައިވާ ކަމަށާއި މިކަމުގައި އެންމެހާ ޑިމޮކްރެޓުންގެ އެއްބާރުލުމާ ތާއީދު ދެއްވުން އެދި ދަންނަވާ ކަމަށެވެ.

އެ ޕާޓީގެ ރައީސް ކަމުގެ މަގާމަށް އަމްރު ކުރިމަތިލައްވަން ނިންމާފައިވާއިރު ޑިމޮކްރެޓްސް ޕާޓީގެ ނައިބު ރައީސް ކަމުގެ މަޤާމަށް ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުޙައްމަދު ޝިފާޒު ވަނީ ކުރިމަތިލައްވާފައެވެ.

ދަ ޑިމޮކްރެޓްސް ޕާޓީގެ ފުރަތަމަ ދައުރުގެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު 15 އޮކްޓޫބަރުގައި ހުޅުވާލާފައިވާއިރު، އެ ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކުރާ ދާއިމީ މަގާމުފުރާތަކަށް މީހުން އިންތިޚާބުކުރުމަށް ޕާޓީގެ މެންބަރުންގެ މެދުގައި އާންމު އިންތިޚާބުތައް ބާއްވަންޖެހެއެވެ.

ޑިމޮކްރެޓްސްގެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު އެއް މަސް ދުވަހުގެ މުއްދަތަކަށް ވަނީ ހުޅުވާލާފައެވެ. އެ މުއްދަތު ހަމަވާނީ އަންނަ ނޮވެންބަރު މަހުގެ 15 ވަނަ ދުވަހަށެވެ.
އެހެންކަމުން 15 ނޮވެންބަރުގެ ނިޔަލަށް އެ ޕާޓީއަށް ވަންނަ ކޮންމެ މީހަކަށްވެސް އެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވިފައިވާކަމަށް ޑިމޮކްރެޓްސްގެ އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.
އެ ޕާޓީގެ މަޤާމުތަކަށް ކުރިމަތިލައްވާ ބޭފުޅުންނަށް ވޯޓު ލުން ކުރިއަށްގެންދަން ހަމަޖެހިފައިވަނީ 2 ޑިސެންބަރު ގައެވެ. އަދި 20 ނޮވެންބަރުގެ ނިޔަލަށް އެ ޕާޓީއަށް ވަނުމަށް ފޯމު ހުށަހަޅާ، ޕާޓީ ދަފްތަރުގައި ޖެހޭ މީހުންނަށް އިންތިޚާބުގައި ވޯޓު ލުމުގެ ހައްޤު ލިބިގެންދާނެކަމަށްވެސް ޑިމޮކްރެޓްސްއިން ބުނެފައިވެއެވެ.

  1. ކުރާނަމޭ

    އިޒްރޭލަށް ތާއީދު ކުރާ އެއްވެސް ގައުމެއްގެ އެމްބަސޭ އަށް ވެސް އަދި ހެޑް އޮފް ސްޓޭޓް ނުވަތަ ހެޑް އޮފް ގަވަރމެންޓަކަށް ވެސް މުއިއްޒު ހުވާ ކުރުމުގެ ރަސްމިއްޔާތަށް ދައުވަތު ދީގެން ގެންނަން އޮތް ނަމަ މިހާރު އެދައުވަތު ބާތިލް ކުރާށޭ އަދި 227 ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހޭދަކޮށްގެން ބޮޑު ނާޗަރަނގީ އެއް ކުޅޭ ގޮތަށް މިކަން ނުކުރާށޭ ފަލަސްތީނު މުސްލިމުން ބޮލަށް ބޮން އަޅާ އިޒްރޭލާއި އެމެރިކާ އިން މަރަމުންދާއިރު މިކަން ހަނދާން ކުރާށޭ މުއިއްޒުގެ ސަރުކާރުން ހަދާންކުރާތި އެނޫންނަމަ މުއިއްޒުގެ ޖަނގިޔާ ގަނޑު ބޭލޭވަރުކުރާނަމޭ ހުވައޭ ކުރާނަމޭ ހުވައޭ ކުރާނަމޭ ހުވައޭ ކުރާނަމޭ ހުވައޭ ކުރާނަމޭ ހުވައޭ ކުރާނަމޭ ހުވައޭ ކުރާނަމޭ ހުވައޭ ކުރާނަމޭ ހުވައޭ ކުރާނަމޭ ހުވައޭ ކުރާނަމޭ ހުވައޭ ކުރާނަމޭ ހުވައޭ ކުރާނަމޭ ހުވައޭ ކުރާނަމޭ ހުވައޭ ކުރާނަމޭ ހުވައޭ ކުރާނަމޭ ހުވައޭ ކުރާނަމޭ ހުވައޭ ކުރާނަމޭ ހުވައޭ ކުރާނަމޭ ހުވައޭ ކުރާނަމޭ ހުވައޭ ކުރާނަމޭ ހުވައޭ ކުރާނަމޭ ހުވައޭ ކުރާނަމޭ