މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ބައެއް ދާއިރާތަކަށް މެންބަރުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.
މިކަން ހާމަކޮށް އެ ޕާޓީން އިއްޔެ ކުރި އިޢުލާނެއްގައި ބުނީ އެ ޕާޓީގެ ބައެއް ދާއިރާތަކަށް މެންބަރުން ކުރިމަތިލުމުގެ ފުރުސަތު 30 އޮކްޓޯބަރ 2023 އިން 13 ނޮވެމްބަރ 2023 އަށް ހުޅުވައިލައިފައިވާ ކަމަށެވެ.
އެމްއެންޕީން ވަނީ އެ ޕާޓީގެ ހުސްވެފައިވާ 25 ދާއިރާއެއްގެ ބައި އިލެކްޝަނަށް ކުރިމަތިލުމަށް ހުޅުވާލާފައެވެ.
އެގޮތުން މި މަޤާމުތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އެ މަޤާމުތަކަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އައިޑީ ކާރޑް ކޮޕީ އަދި ވަނަވަރާއެކު 13 ނޮވެމްބަރ 2023 ވާ (ހޯމަ) ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން ޕާޓީގެ އޮފީސް މއ. ކެލާވީ ފަސްޓް ފްލޯރއަށް ވަޑައިގެން ފޯމު ހުށަހެޅުމަށް އެދިފައެވެ.
ފޯމު ހުށަހެޅުމުގެ ފުރުސަތު އީމެއިލް ([email protected]) މެދިވެރިކޮށްވެސް ވަނީ ހުޅުވައިލައިފައެވެ.
މީގެ އިތުރުން އެމްއެންޕީގެ މަޤާމުތަކަށް ކުރިމަތި ލުމާއި ގުޅޭގޮތުން އެމްއެންޕީގެ އޮފީހުގެ ނަންބަރ 9708080 އާއި ގުޅައި މަޢުލޫމާތު ސާފު ކުރެވޭނެ ކަމަށް އެ ޕާޓީން ބުނެފައި ވެއެވެ.