ޚަބަރު ސިޔާސީ

19 ދިވެހީންގެ ލޭ މި ބިމުން ނުހިކޭނެ: އާޒިމާ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު ބޭރުގެ ސިފައިންގެ ބަޔަކު ރާއްޖެ އަރައި، ދިން އުދުވާނީ ޙަމަލާގައި ޝަހީދުކޮށްލި 19 ދިވެހީންގެ ލޭ މި ބިމުން ނުހިކޭނެ ކަމަށް މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވަވާ، ކުރީގެ ބަންޑާރަ ނައިބު ޢައިޝަތު އާޒިމާ ޝުކޫރު ވިދާޅުވެއްޖެއެވެ.

Ads by MWSC

އެކަމަނާ މިފަދައިން ވިދާޅުވެފައި ވަނީ އިއްޔެ ފާހަގަކުރި ނަސްރުގެ ދުވަހާއި ގުޅިގެން، އެކްސްގައި ކުރައްވައިފައިވާ ޕޯސްޓެއްގައެވެ.

އާޒިމާ އެ ދުވަސް ސިފަ ކުރެއްވީ، ބޭރުގައި ތިބި ތިމާގެ މީހުންނާއި، ސިފައިންގެ ޙާލަތެއް ނޭނގި، ދިވެހީންގެ ތެރެއިން ގިނަ ބަޔަކު ފެންކަޅިވެފައި ތިބި ދުވަހެއްގެ ގޮތުގައެވެ.

‏"ނޮވެމްބަރ 3 އަކީ ބޭރުގައި ތިބި ތިމާގެ މީހުންނާއި ސިފައިންގެ ތެރޭގައި ތިބި ލޯބިވާ މީހުންގެ ޙާލަތެއް ނޭނގި ފެންކަޅިވެފައި ތިބި ދުވަހެއް. އެދުވަހުގެ ހަނދާންތައް ފިލައިގެން ދިޔުމެއް ނެތް. އެދުވަހު އޮހެރިގެން ދިޔަ 19 ދިވެހިންގެ ލޭ، މިބިމުން ނުހިކޭނެ. ޤާތިލުންނަށް މަޢާފެއް ނެތް." އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ މި ސަރުކާރުން، ނަސްރުގެ ދުވަސް ކުލަ ގަދަކޮށް ފާހަގަ ނުކުރާ ކަމަށް ބުނެ، އާއްމުންގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވެފައިވާއިރު، އިންތިޚާބީ ރައީީސް ޑރ.މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވީ 2024 ވަނަ އަހަރުން ފެށިގެން، ނަސްރުގެ ދުވަހަކީ ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ރާއްޖޭގައި ފާހަގަކުރާނެ ދުވަހެއް ކަމަށެވެ.

ނޮވެމްބަރު 3ގެ އުދުވާނީ ހަމަލާގައި 19 ދިވެހީން ޝަހީދުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!