ޚަބަރު ދުނިޔެ

ބައިޑެންއަކަށް ނުފިލޭނެ: އެމެރިކާގެ ރައްޔިތުން

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ފަލަސްޠީނުގެ ޣައްޒާއާއި އިޒްރޭލާއި ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގައި އެމެރިކާއިން އިޒްރޭލަށް ތާއީދުކޮށް، ހަނގުރާމަ ހުއްޓައިލަން ބާރު ނާޅާތީ، އެމެރިކާގައި އެތައްހާސް ބަޔަކު އެ ޤައުމުގެ ސަރުކާރާއި ދެކޮޅަށް އަޑު އުފުލަމުން އެބަދެއެވެ.

Ads by Sosun Fihaara
Ads by Hajj Corporation

އެމެރިކާގެ ވެރިރަށް ވޮޝިންޓަން ޑީސީގެ މަގުތަކަށް އެއްވެ، އެތައްހާސް ރައްޔިތުން ގޮވައިލަމުން ދަނީ އެމެރިކާގެ ރައީސް ޖޯ ބައިޑެންއަކަށް ނުފިލޭނެ ކަމަށެވެ. ބައިޑެން އަކީ ޤަތުލުއާއްމަށް މަގުފަހި ކުރަމުން އަންނަ ފަރާތެއްގެ ގޮތުގައި ވެސް އެއްވުމުގެ ބައިވެރިން ދަނީ ސިފަ ކުރަމުންނެވެ.

"ބައިޑެން ބައިޑެން، ކަލެއަކަށް ނުފިލޭނެ. އަހަރުމެން މި ކުރަނީ ޤަތުލުއާއްމެއްގެ ދަޢުވާ." އެއްވުމުގެ ބައިވެރިން ގޮވައިލަމުން ދެއެވެ.

އދ އިން ވެސް ވަނީ، މިދިޔަ މަހުގެ ހަތް ވަނަ ދުވަހު އިޒްރޭލުން ޣައްޒާއަށް ދޭން ފެށި ހަމަލާތައް ހުއްޓައިނުލާނަމަ، މި ހަނގުރާމަ ބޮޑު ޤަތުލުއާއްމަކަށް ބަދަލުވެދާނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ރައީސް ބައިޑެން ވަނީ މިހާރު ހިނގަމުންދާ ހަނގުރާމައިގައި، އިޒްރޭލަށް އެހީގެ ގޮތުގައި 14 ބިލިއަން ޑޮލަރު ހަމަޖެއްސުމަށް ކޮންގްރެސްގައި އެދިފައެވެ.

 

 

ަ

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!