Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ސައްހަނޫން ޑޮލަރު ބޭނުންކޮށްގެން ވިޔަފާރި ކުރި މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ

ސައްހަނޫން ޑޮލަރު ބޭނުންކޮށްގެން ވިޔަފާރި ކުރި މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ

ސައްހަނޫން ޑޮލަރު ބޭނުންކޮށްގެން ވިޔަފާރި ކުރި މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަން ފުލުހުން އިއުލާނު ކޮށްފިއެވެ.

މިކަން ހާމަކޮށް އެ ދެމީހުންގެ ވީޑިއޯ އާންމުކޮށް ފުލުހުން ވިދާޅުވީ އެ ދެމީހުންނަކީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ސައްހަނޫން ޑޮލަރު ބޭނުންކޮށްގެން ފިހާރައަކުން ވިޔަފާރިކޮށްފައިވާ މައްސަލައަކާ ގުޅިގެން ހޯދަމުން އަންނަ ދެމީހުން ކަމަށެވެ.

އަދި އެ ދެ މީހުންނަކީ ކޮންބައެއް ކަން ދެނެގަނެވިފައި ނުވާތީ ހޯދިފައިނުވާ ދެ މީހުން ކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ.

Advertisement
Ooredoo — Square (box)

އެހެން ކަމުން ވީޑިއޯއިން ފެންނަ ދެ މީހުންނާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ އެމަޢުލޫމާތެއް ދިވެހި ފުލުހުންގެ ޚިދުމަތުގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ އިކޮނޮމިކް ކްރައިމްޑިޕާޓްމަންޓްގެ ނަމްބަރު 9790048  އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދިލައްވާފައި ވެއެވެ.

މީގެ އިތުރުން މިފަދަ މައްސަލަތަކުގައި މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ވަނީ ޝުކުރުއަދާ ކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް