Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މަޖިލީހުގެ އިންތިޚާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާގޮތާމެދު ޝަކުވާ ހުށަހެޅި ފަރާތްތަކަށް މިއަދު ޖަވާބު ދޭނަން: އީސީ

މަޖިލީހުގެ އިންތިޚާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާގޮތާމެދު ޝަކުވާ ހުށަހެޅި ފަރާތްތަކަށް މިއަދު ޖަވާބު ދޭނަން: އީސީ

މަޖިލީހުގެ އިންތިޚާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާގޮތުގެ ވަގުތީ ރިޕޯޓަށް ލިބުނު ޝަކުވާތައް ދިރާސާކޮށް ނިމިއްޖެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ވިދާޅުވެއްޖެއެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް މިއަދު ވިދާޅުވިގޮތުގައި، މަޖިލީހުގެ 2024 ވަނަ އަހަރުގެ އިންތިޚާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާގޮތުގެ ވަގުތީ ރިޕޯޓަށް ލިބިފައިވާ ޝަކުވާ/ޚިޔާލުތައް އިލެކްޝަންސް ކޮމިޝަނުން ދިރާސާކޮށް ނިންމައިފިކަމަށާއި އެ ޝަކުވާތައް ހުށަހެޅި ފަރާތްތަކަށް އީސީން މިއަދު ޖަވާބުދެއްވާނެކަމަށެވެ.

މީގެ އިތުރުން ހަބީބު ވިދާޅުވީ ދާއިރާތަކުގެ ފައިނަލް ރިޕޯޓު އާންމު ކުރުމަށް ކުރަންޖެހޭ ޗާޓުތަކުގެ މަސައްކަތްތައް މިހާރު ކުރައްވާ ކަމަށެވެ.

Advertisement
Ooredoo — Square (box)

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވޭނެ ކަމަށް ލަފާކުރެވެނީ އަންނަ އަހަރުގެ މާޗުމަހުގެ ފަހުކޮޅުގައި ނުވަތަ އޭޕްރީލްމަހުގެ ކުރީކޮޅުގައި ކަމަށް އީސީންވަނީ މީގެ ކުރިން ހާމަކުރައްވާފައެވެ. އަދި މި ނޮވެންބަރު މަހު ވަކި ތާރީޚެއް ކޮމިޝަނުން އިއުލާނުކުރާނެ ކަމަށް ވެސް ހަބީބުވަނީ ވިދާޅުވެފައެވެ.

މި ހިނގާ ދައުރުގައި މަޖިލީހުގައި 87 މެންބަރުން ތިއްބަވައެވެ. ނަމަވެސް އަލަށް އިތުރުކުރި 6 ދާއިރާއާއެކު 20 ވަނަ މަޖިލީހުގައި ޖުމްލަ 93 މެންބަރުން ތިއްބަވާނެއެވެ.

މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ ދައުރު މެއިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާއިރު ގާނޫނުގައިވާ ގޮތުން އޭޕްރީލް 28 ގެ ކުރިން މަޖިލީހުގެ 20 ވަނަ ދައުރަށް މެންބަރުން އިންތިޚާބު ކުރަން ޖެހޭނެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް