ޚަބަރު

އާސާރީ ތަކެތި ރައްކާތެރިކުރުމާއި ގުޅޭ މުއާހަދާއެއްގައި ސޮއިކުރެއްވުމަށް ލަފާދެއްވައިފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

އާސާރީ ތަކެތީގެ އަމިއްލަވަންތަކަން ހިފަހައްޓައި އެ ތަކެތި ރައްކާތެރިކުރުމުގެ ބާރު ލިބިދޭ ގޮތަށް އެކުލަވާލާފައިވާ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ކެބިނެޓުން ރައީސް އިބްރާޙިމް މުހައްމަދު ޞާލިހަށް ލަފާދެއްވައިފިއެވެ.

Ads by Sosun Fihaara

ރައީސް އޮފީހުން މިއަދު ވިދާޅުވީ "ޔުނެސްކޯ 1970 ކޮންވެންޝަން އޮން ދަ މީންސް އޮފް ޕްރޮހިބިޓިން އެންޑް ޕްރިވެންޓިން ދަ އިލިސިޓް އިމްޕޯޓް، އެކްސްޕޯޓް އެންޑް ޓްރާންސްފާ އޮފް ކަލްޗަރަލް ޕްރޮޕަރޓީ" މުއާހަދާގައި ސޮއިކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައި ވާތީ އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުއްވުމަށް ރައީސް ޞާލިހް ނިންމަވާފައިވާ ކަމަށެވެ.

މި މުޢާހަދާއަކީ ސަގާފީ އަދި އާސާރީ ތަކެތީގެ އަމިއްލަވަންތަކަން ހިފަހައްޓައި އެ ތަކެތި ރައްކާތެރިކުރުމުގެ ބާރު ލިބިދޭ ގޮތަށް އެކުލަވާލާފައިވާ މުޢާހަދާއެކެވެ.

މި މުޢާހަދާގައި 143 ޤައުމުން ސޮއިކޮށްފައިވެއެވެ.  ރައީސް އޮފީހުން ވިދާޅުވީ މި މުއާހަދާގައި ސޮއި ކުރުމުން އޮންނަ އުސޫލާއި ހަމަތަކުގެ މަތިން ޤާނޫނާ ޚިލާފަށް ގެންގޮސްފައިވާ އާސާރީ ތަކެއްޗާއި ލިޔެކިޔުންތައް އަނބުރާ ރާއްޖެއަށް ގެނެވޭނެ މަގުވެސް ފަހިވެ، އެ ތަކެއްޗާއި ލިޔެކިޔުންތަކުގެ ދަފުތަރު ބެލެހެއްޓުމަށް މި މުޢާހަދާގެ ސަބަބުން އިތުރު ބާރެއް ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ވެސް މި ކަންކަމުގައި ޔުނެސްކޯގެ ފަންނީ އެހީތެރިކަން ލިބުމަށް ބާރަކަށް ވެސް ވާނެ ކަމަށް ރައީސް އޮފީހުގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ޤާނޫނު ނަންބަރު 2019/12 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު) އަދި، މި ޤާނޫނާ ގުޅިގެން އާންމުކޮށްފައިވާ ޤަވާއިދުތަކަށް ޢަމަލުކުރުމަށް ވެސް ފަސޭހަވެގެންދާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެފައި ވެއެވެ.

Ads by HDC
  1. ޝިރުކާއި ކުފުރާއި ބުދު ދީނާއި ބިދުޢަ އާއި ހުރާފާތުގެ ކަންކަން ފަތުރާ ހިމާޔަތްކުރުން ތީގެ އަސްލު އަޑީގައި އޮތީ !