ޚަބަރު އިޖުތިމާޢީ ސަރުކާރު

ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

Ads by STELCO

މިކަން ހާމަކޮށް ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ މާދަމާގެ ނިޔަލަށް އިތުރުކޮށްފައި ކަމަށެވެ.

އެގޮތުން މާދަމާ ރޭގެ 11:59 އާއި ހަމައަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކުރަން ނިންމީ މުއްދަތު އިތުރު ކުރުމަށް ގިނަ ފަރާތްތަކަކުން އެދެމުން އަންނާތީ އެކަމަށް އިތުރު ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅަން ހަމަޖެހިފައި ވަނީ ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށެވެ.

Ads by Allied Insurance
  1. ހުސައިން ޔޫސުފް

    މިމީހުން އެދޭނެތަރަތްޔަތަކައްހެވެށް ނޭދޭނެ.އެކަންޔަގީން މިއީ އިންސާނުންގެ ސިފައިގާތިއްބަސް އެއީމީސްތަކުންގެލޯތަކަށްފެން ނަގޮތް މިމީހުން ދައްކާވާހަކަ އަޑުވެސްއަހަން ހެޔޮވެސްނުވާނެ.