Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ފުރަތަމަ 100 ދުވަސްތެރޭ އައިވީއެފް ޓްރީޓްމަންޓް އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސައިދެނީ

ފުރަތަމަ 100 ދުވަސްތެރޭ އައިވީއެފް ޓްރީޓްމަންޓް އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސައިދެނީ

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އައިވީއެފް ޓްރީޓްމަންޓް އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ނިންމައިފިއެވެ.

އެ މަނިކުފާނު މިކަން ހާމަކުރައްވާފައި ވަނީ "ހަފްތާ 14" ގެ ނަމުގައި މިރޭ އިފްތިތާހް ކުރެއްވި 100 ދުވަހުގެ ޕްލޭނުގައެވެ.

އެގޮތުން ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިފްތިތާހު ކުރި މަގު ޗާޓުގައި 172 ވަޢުދު ހިމެނޭއިރު، ވަޢުދުތައް ބެހިފައި ވަނީ އަށް ދާއިރާ އަކަށެވެ.

Advertisement
Allied — Dhen Online (box)

މި ވަޢުދުތަކަށް ބަލާއިރު އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ސިއްހީ ދުޅަހެޔޮކަމާއި އޯގާތެރި މުޖުތަމައުގެ ދަށުން 17 ވައުދެއް ފުއްދުމަށް ވަނީ ނިންމަވާފައެވެ.

މީގެ ތެރޭގައި އެންޑޮމެޓްރިއޯސިސް އަދި ޕީސީއޯއެސް ފަދަ މައްސަލަތައް ހުންނަ އަންހެނުންނަށް ދިމާވާ ސިއްހީ މައްސަލަތަކަށް ޚާއްސަ ފަރުވާ އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު 100 ދުވަހުގެ ތެރޭގައި ހަމަޖައްސަން ނިންމާފައިވާ ކަމަށް ހާމަކޮށްފައި ވެއެވެ.

ހަމަ އެހެންމެ އިސްރަށްވެހީންނަށް ހާއްސަ ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމުތައް ފުޅާކުރުމުގެ މަސައްކަތް ފެށުމާއި ރާއްޖެއިން ލިބޭ ޑޮކްޓަރީ ބޭހަކީ ފެންވަރު ރަނގަޅު ބޭސްކަމުގައި ހެދުމުގެ ސިޔާސަތެއް އެކުލަވާލުމާއެކު ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެ މަގު ފަހިކޮށްދިނުން ހިމެނެއެވެ.

މީގެ އިތުރުން ޕްރިވެންޓިވް ހެލްތް ކެއާގެ ނިޒާމް ފުޅާކުރުމަށް ބޭނުންވާ ފައިސާ ދައުލަތުގައި ބަޖެޓުގައި ހިމަނާނެ ކަމަށާއި ރާއްޖޭގައި އެއާ އެމްބިއުލާންސް ތައާރަފްކޮށް އާސަންދައިގެ ދަށުން އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕެއް ހެދުމަށް މަގުފަހިކޮށްދޭނެ ކަމަށް 100 ދުވަހުގެ ޕްލޭންގައި އައު ސަރުކާރުން ހާމަ ކޮށްފައި ވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް