ދިޔާނާ ޣައްސާނަށް: "ދޮށީ އުމުރުފުޅުގައި ބައްޕާފުޅު ޖަލަށް ލާ ޣައްސާނުމެން އަނިޔާކުރި، ދެކޮޅަށް ނިކުތީ އަޅުގަނޑުމެން"
- ޖާބިރު ރޭގެ ވަގުތެއްގައި ގައްސާނަށް ގުޅާ ދެއްކެވި ވާހަކަ ކަމަށްބުނެ ގައްސާނު ރޭގެ ވަގުތެއްގައި ކުރައްވާފައިވާ ޓްވީޓަށް ރައްދު ދެއްވާ ދިޔާނާ ވިދާޅުވީ، ގައްސާނުގެ ބައްޕަ ދޮށީ އުމުރުގައި ހައްޔަރުކޮށް ޖަލަށް ލާ ހެދީ ގައްސާނުމެން ކަމަށެވެ. އަދި އެކަމާއި ދެކޮޅަށް އަޑު އުފުލަން ނިކުތީ ދިޔާނާމެންކަމަށްވެސް ދިޔާނާގެ ޓްވީޓްގައި ވެއެވެ.
ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރުގެ އަބިކަނބަލުން ދިޔާނާ ސައީދު، ރައީސް މައުމޫނުގެ ދަރިކަލުން ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ގައްސާނު މައުމޫނަށް ބަހުގެ ހަމަލާތަކެއް ރައްދު ކޮށްފިއެވެ.
ޖާބިރު ރޭގެ ވަގުތެއްގައި ގައްސާނަށް ގުޅާ ދެއްކެވި ވާހަކަ ކަމަށް ވިދާޅުވެ ގައްސާނު ރޭގެ ވަގުތެއްގައި ކުރައްވާފައިވާ ޓްވީޓަށް ރައްދު ދެއްވާ ދިޔާނާ ވިދާޅުވީ، ގައްސާނުގެ ބައްޕަ ދޮށީ އުމުރުގައި ހައްޔަރުކޮށް ޖަލަށް ލާ ހެދީ ގައްސާނުމެން ކަމަށެވެ. އަދި އެކަމާއި ދެކޮޅަށް އަޑު އުފުލަން ނިކުތީ ދިޔާނާމެން ކަމަށް ވެސް ދިޔާނާގެ ޓްވީޓްގައި ވެއެވެ.
ގައްސާނު ރޭގައި ކުރައްވާފައިވާ ޓްވީޓްގައި ވާ ސައުންޑް ކްލިޕްގައި ޖާބިރު ވަނީ ރައީސް މައުމޫނަށް ކޮވިޑް ޖެހިފައިވާތީވެ އެކަމާއި ހިތާމަކުރައްވާ ކަމަށް ވިދާޅުވުމަށްފަހު މައުމޫނު ވަޅުލުމުގެ ކުރިން ކިނބިގަސްދޮށުގޭ ރަޖިސްޓްރީ ދިނުމަށް އަންގާފައެވެ. އަދި މައުމޫނު ނަގާފައިވާ 29 މިލިއަން ރުފިޔާގެ ލޯނު ދެއްކުމުގެ ގޮތުން، މައުމޫނުގެ ތަރިކައިން އެކަންކަން ނިންމަވަން ވާނެކަމަށް ވެސް އެ އޯޑިއޯގައި ޖާބިރު އަންގައެވެ.
މި ކަމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ޖާބިރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އެގޮތުން ބައެއް ފަރާތްތަކުން ވަނީ ޖާބިރުގެ "ޔޫރިން ޓެސްޓެއް" ހެދުމަށް ވެސް ގޮވާލާފައެވެ.
ލަޑަޔާއި ވާނީ ހަމަ ލަޑަޔާއެކު
މަންޖެ އަކަށް އެސޮރު ސަންރައިޒު ބަލަންދާ ގަޑިވެސް ނެގޭ. މީލައްކަ ވާހަކަ
މީނާ ލަދުނުގަތްދޯ …. ކަމަނާގެ ލަދު ގެއްލުނީ ކޮންތާކަށް؟