ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ފުއްދަވާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށް ޕީޕީއެމް/ޕީއެންސީ އާއިއެކު ކޯލިޝަން ހަދައިފައިވާ އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އައު ރައީސުލްޖުމްހޫރިއްޔާއާއި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފަށް މަރުޙަބާ ވިދާޅުވެ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނާޒިމް ވިދާޅުވި ގޮތުގައި އޭނާގެ އުއްމީދަކީ ދިވެހި އެންމެހައި ރައްޔިތުންނަކީ ފުދުންތެރި ބަޔަކަށް ވެގެންދިޔުމެވެ.
"ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަށާއި އެމަނިކުފާނުގެ ނައިބަށް އިޙުލާސްތެރިކަމާއެކު ތަހުނިޔާ އާ މުބާރިކުބާދީ ދަންނަވަން. މީގެ އިތުރުން އާ ސަރުކާރަށް އައްޔަން ކުރެވުނު އެންމެހާ ކެބިނެޓު މެމްބަރުންނަށް މަރުޙަބާ ދަންނަވަން.“ ނާޒިމް ވިދާޅުވިއެވެ.
ނާޒިމް މިފަދައިން ވިދާޅުވިއިރު އޭނާ ރައީސްކަން ކުރައްވާ އެމްއެންޕީގެ މެމްބަރު އަޙުމަދު އުޝާމަށް ވަނީ މި ސަރުކާރުގެ ބަންޑާރަ ނައިބުގެ މަޤާމު އަރުވައިފައެވެ. ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި، ޝަރުޠަކާއި ނުލައި ރައީސް މުޢިއްޒުއަށް ތާއީދު ކުރި އެމްއެންޕީއަށް ސަރުކާރުގެ އިތުރު މަޤާމުތައް ވެސް ލިބޭނެ ކަމަށް ބެލެވެއެވެ.
މިނިސްޓަރު ކަމަށް ކިޔާ ދިވެހި ބަހެއް ނެތީތޭ ސަރުކާރުން ދިވެހިބަަސް ކުރިއަރުވާ ވަޒީރަކު ކަނޑައެޅީ ރޭގައި މިހާރު 24 ގަޑިިއިރުވަނީއޭ ކޮބާތޭ މުއިއްޒު ތަ ބުނި ހަލުވި ދުވެލީގައި ކަންކަން އިސްލާހުވެ ބުރަ ކޮށް މަސައްކަތް ކުރާ ވަޒީރުންނޭ ތަގެ ހަނގުބޭކަލުންނަކީ ވަޒީރުން ތައް ދެފައި ދަމައިގެން ނިދަނީތޭ ނުނިދާށޭ ހުންގާނުގައި ހިފާށޭ މަމެން ދަތުރު ކުރަން ޖެހޭ އެތައް މިލިއަން މޭލު ކުރިއަށް އޮތީއޭ މަގާމްގެ ދަހިވެތި ކަމުގައި ރައީސް މީހާއަށް ހުޝާމަތު ނުކުރާށޭ އެއީ ބޯދާ ޖާހިލު ކަމާއި އަނދިރި ކަމުގެ ތެރޭންވާ ޝައިތާނާގެ ވަސްވާސް ތެރޭގައި ހިމެނޭ ކަމެކޭ މިކަން ދަންނާށޭ..
މުއިއްޒު އަކީ ވެސް އޭނާގެ ޒާތުގައި ޚާރިޖީ ތަޖްރިބާ މަދުމީހެކޭ މިގޮތަށް މިކަން އޮތްވާ ސިޔާސީ ހައްލުގެތެރޭން އިންޑިއާ ސިފައިން ރާްއްޖޭން ބޭރުކުރާނޭ ކަމަށް މުއިއްޒު ބުނާއިރު މިކަން ކުރަން މުއިއްޒު ޚާރިޖީ ވަޒީރަކަށް ކަނޑައެޅި ޒަމީރަކީ އެއީ ޚާރިޖީ ދާއިރާގައި އެއްވެސް ތަޖްރިބާ އެއް ނެތް އަދި ދުނިޔޭގެ ޚާރިޖީ ދާއިރާ ދަންނަ މީހެއް ނޫނޭ ވަރަށް ވަރުގަދައަށް ޕޮލިޓިކަލް ސައެންސް ދަންނަ އަދި ދުނިޔޭގެ ތާރީޚް ދަންނަ މޮޅަށް މުއާމަލާތް ކުުރަން ދަންނަ މީހަކަށްވާން ޖެހޭނީ މަމެންގެ ޚާރިޖީ ތަޖްރިބާ ގައި ޔޫއެސް އިން އުފެދުނު މިފަދަ ޝަހުސިއްޔަތަކީ ރިޗަރޑް ހޮލްބްރޫކް އެފަދަ ޝަހުސިއްޔަތެއް ނެތި އުނދަގޫވާނެ ސިޔާސީ ގޮތުން ހައްލު ގެންނަން މުއިއްޒު މެން ހީކުރާ ވަރަށް ވުރެން ދުނިޔޭގެ މައުލޫމާތާއި އަދި މީހާގައި ގައި އެފެންވަރާއި އަދި ދުނިޔެ އެމީހަކަށް ތާރީފް ކުރަން ޖެހޭ ވަރުގެ ޝަހުސިއްޔަތަކަށޭ ޚާރިޖީ ވަޒީރަށް ވާން ޖެހޭނީ އެއިން އެއްވެސް ޝަރުތެއް ނެތޭ ތެޔޮ ރަމީޒު ގައިގައި މީ ފަތުރުވެރިކަމާއި ގުޅޭ ވުޒާރާއިން އޭނާ ވަައްކަން ކޮށްގެން ހިންގި ގޮތަށް ހިންގައިގެން ކުރެވޭނެ ކަމެއް ނޫނޭ އިންޑިއާ ސިފައިން މިގައުމުން ބޭލުމަކީ…
އާ ސަރުކާރުން ވަޢުދު ފުއްދިއްޔާ ނުފުއްދިއްޔާ ކަލެއަށް ކޮންކަމެއް؟ ކަލެއަކަށް ވެރިކަމެއް ނުލިބުނެއްނު! ދެން ހުރޭ ދެމިޔަކަނުން ސޮނި ބާލަބާލަ!